ނީޝަންއާއި އަޔާން: ފާއިތުވި ދެ އަހަރުގެ ކަލާފާނު ސްކޫލްގެ އެންމެ މޮޅު ދަރިވަރުން

ނީޝަން(ކ) އަދި އަޔާން: ފާއިތުވި ތިން އަހަރު އެންމެ މޮޅު ދަރިވަރުން

ފާއިތުވި ދެ އަހަރު ކަލާފާނު ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި އައިޝަތު ނީޝަން ވަހީދާއި ޔޫސުފު އަޔާން ރިޒްވީ ހޮވައިފިއެވެ.

ފާއިތުވި، 2019 ވަނަ އަހަރާއި 2020- 2021 ވަނަ އަހަރުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮތީ ރޭ ކަލާފާނު ސްކޫލްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީއެވެ.

2019 ވަނަ އަހަރުގެ އެންމެ މޮޅުދަރިވަރަކަށް ހޮވުނީ ނީޝަންއެވެ. ނީޝަން ވަނީ، އަށް މާއްދާއިން އޭ ހޯދައިގެން އެ އަހަރު ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ. 2020 – 2021 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އަޔާންއެވެ. އަޔާން ވަނީ މި އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުން އަށް މާއްދާއިން އޭ ހޯދައި، ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ.

2019 ވަނަ އަހަރު ކަލާފާނު ސްކޫލުގެ އެންމެ މޮޅު ދެ ވަނަ ދަރިވަރަކަށް ހޮވުނީ، އައިޝަތު މާނީ އިސްމާއިލެވެ. މާނީ ވަނީ 2019 ވަނަ އަހަރުގެ ސާނަވި އިމްތިޙާނުގައި އަށް މާއްދާއިން އޭ ހޯދައި، ގައުމީ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ. ތިން ވަނައަށް ހޮވުނީ އައިޝަތު ނަޖޫދު އަލީ ނަސީރެވެ. ނަޖޫދު ވަނީ އެ އަހަރު ބޭއްވި ސާނަވީ އިންތިޙާނުގައި ހަތް މާއްދާއިން އޭ ހޯދައި، ޤައުމީ ގަދަ ދިހައެއްގެ ހަތްވަނަ ހޯދާފައެވެ.

2020 – 2020 ވަނަ އަހަރު ދެ ވަނައަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މުޙައްމަދު އާން ހުސައިނެވެ. އޭނާ ވަނީ ސާނަވީގެ ޤައުމީ ގަދަ ދިހައެއްގެ ހަތަރު ވަނަ ހޯދާފައެވެ. ތިން ވަނައަށް ހޮވުނީ އައިމިނަތު ޔަލީން ޒުމާމެވެ. ޔަޒީލް ވެސް ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *