ފަލާޙް ޕްރީސްކޫލުން "ލިޓްލް ފިންގަރސް" ގެ ނަމުގައި އަރޓް އެކްޒްހިބިޝަން މިއަދު ފަށައިފި

ފަލާޙް ޕްރީސްކޫލުން "ލިޓްލް ފިންގަރސް" ގެ ނަމުގައި އަރޓް އެކްޒްހިބިޝަން މިއަދު ފަށައިފިއެވެ.

މި އަރޓް އެގްޒްހިބިޝަން އަކީ މި ސްކޫލުގެ ދަރިވަރުން ކުރަހާފައިވާ ކުރެހުންތައް ދައްކުވާލަން ކުރިއަށްގެންދާ އެގްޒްހިބިޝަނެކެވެ. މި އެގްޒްހިބިޝަނުގައި ކުރެހުންތަކުގެ އިތުރުން، ދަރިވަރުން ހަދައިފައިވާ "ކްރާފްޓް" މަސައްކަތްތައްވެސް ދައްކާލާފައިވެއެވެ. އެ ދަރިވަރަކު ބޭނުން އެއްޗެއް ކުރެހުމަށް، އެ ދަރިވަރަކަށް ވަނީ ފުރުސަތުދެވިފައެވެ.

އަރޓް އެގްޒްހިބިޝަނުގައި ހުރި ބައެއް މަސައްކަތްތައް

މި އަރޓް އެގްޒްހިބިޝަން ގައި، ފަލާޙް ޕްރީސްކޫލުގެ ހުރިހާ ދަރިވަރުން ބައިވެރިވެފައިވެއެވެ. އެ ދަރިވަރުންގެ ކުރެހުން، އެ ދަރިވަރަކު ބޭނުންވެއްޖެނަމަ ގެންދިއުމުގެ ފުރުސަތުވެސް އެކުދިންނަށް ވަނީ ލިބިފައެވެ.

މި އަރޓް އެގްޒްހިބިޝަން ގައި ތަފާތު ކުރެހުންތައް ދައްކާލާފައިވާއިރު، ދަރިވަރުންގެ ކުރެހުމާއެކު ފޮޓޯނެގުންވެސް މި އެގްޒްހިބިޝަނުގައި ކުރިއަށްދެއެވެ.

ދަރިވަރުންގެ ކުރެހުންތައް ދައްކާލަދޭ މި އަރޓް އެގްޒްހިބިޝަން އަކީ ފަލާޙް ޕްރީސްކޫލުގައި ކުރިއަށްގެންދާ އެގްޒްހިބިޝަންއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *