ތިން އަހަރުތެރޭ 60 ޕްރިންސިޕަލުން ތަމްރީން ކުރެވޭނެ- އެޑިއުކޭޝަން މިނިސްޓްރީ

ޕްރިންސިޕަލުން ތަމްރީނުކުރުގެ މަޤްސަދުގައި، އެޑިއުކޭޝަން މިނިސްޓްރީން ފެށި ޕްރޮގްރާމް ނިމިގެންދާއިރު ޖުމްލަ 60 ޕްރިންސިޕަލުން ތަމްރީނު ކުރެވިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމްއެއްގައި، ވާހަކަ ދައްކަމުން ޕަރމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ، 3 އަހަރު ދުވަހުގެ މުއްދަތަކަށް ހިންގާ މި ޕްރޮގްރާމްގެ ދަށުން 60 ޕްރިންސިޕަލުން ތަމްރީނު ވެގެންދާނެކަމަށާއި، ސްކޫލްތަކަށް ޕްރިންސިޕަލުން ހޯދަން ހުރި ދަތިތައް މި ޕްރޮގްރާމްގެ ދަށުން ހައްލުވެގެންދާނެކަމަށެވެ.

މި ޕްރޮގްރާމްއަކީ، ސަރުކާރުގެ ބަޖެޓުގެ އިތުރުން ކޯޕަރޭޓް ސްޕޮންސަރ ލިބިގެން ކުރިއަށް ގެންދާ ފުލީ ފަންޑެންޑް ސްކޮލަޝިޕްގެ ފުރުސަތުތަކެކެވެ.

މިއަހަރުގެ ފެބްރުއަރީ/މާރޗް އިންޓޭކްގައި މި ސްކޮލަޝިޕްގެ ފުރަތަމަ ބުރަށް ހޮވުނު 20 ބައިވެރިން ކިޔަވަން ފަށާއިރު މިއަހަރުގެ އޮގަސްޓް/ސެޕްޓެމްބަރ އިންޓޭކްއަށް އިތުރު ބެޗެއް ފޮނުވަން މަސައްކަތް ކުރައްވަމުންދާކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

10 އަހަރަށްވުރެ ގިނަ އަހަރުގެ މެދު ކެނޑުމަށްފަހު ސަރުކާރުން އިސްނަގައިގެން ފެށި މި ޕްރޮގްރާމްއަކީ، ދުރާލާ ރާވައިގެން ހިންގާ ޕްރޮގްރާމެއްކަން ފާހަގަ ކުރައްވަމުން އަހުމަދު އަލީ ވިދާޅުވީ، މިއީ ފެންވަރު ރަނގަޅު އަދި ސްކޫލްތައް ހިންގުމުގައި ލިބެންޖެހޭ އިލްމީ މައުލޫމާތު ލިބެގެންދާނެފަދަ ޕްރޮގްރާމެއްކަމަށެވެ.

މީގެ އިތުރުން  އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ، ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނީ، ސްކޫލްގައި ކިޔަވައިދިނުން ރަނގަޅު ކުރެވިގެންކަމަށާއި، ކިޔަވައިދިނުން ރަނގަޅު ކުރުމަށްޓަކައި ފެންވަރު ރަނގަޅު ޕްރިންސިޕަލުން ތިބުމަކީ މުހިއްމުކަމެއްކަމަށެވެ. ހަމައެހެންމެ އިލްމީ ޤާބިލް ރަނގަޅު ޕްރިންސިޕަލުންނާއެކު މަސައްކަތް ކުރާ ސްކޫލްތަކުގެ ނަތީޖަ ރަނގަޅުކަމަށްވެސް ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވިއެވެ.

މިއަހަރު ސްކޮލަރޝިޕް ލިބުނު ފަރާތްތަކުން މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯސް އެއް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރާނެއެވެ.  އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޕްރިންސިޕަލުންގެ ގޮތުގައި، މި ސޮލަރޝިލް ލިބުނު ފަރާތްތައް މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސްކޮލަރޝިޕްގެ އިނާޔަތެއްގެ ގޮތުގައި ކިޔެވުމުގެ ޚަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސަކާއި ދެކޮޅު ޓިކެޓް ދޭން ވަނީ ނިންމާފައެވެ. މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެއެވެ.

އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން އިން ހުޅުވާލި މި ސްކޮލަރޝިޕަށް ހޮވި ފަރާތްތަކުގެ ޝަރުޠެއްކަމަށް ބުނެފައި ވަނީ ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި، ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ކުރިން ކިޔެވުމަށް ލޯނެއް ނަގާވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަމުންގެންދާ ފަރާތެއް ކަމުގައިވުމާއި ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުންވެސް މި ސްކޮލަރޝިޕުގެ ޝަރުޠުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދިނުމުގައި ބަލަނީ، މަސައްކަތުގެ ތަޖުރިބާއަށް 30 އިންސައްތަ، ޕްރެޒެންޓޭޝަނަށް 30 އިންސައްތަ، އިންޓަރވިއުއަށް 40 އިންސައްތައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސަރުކާރުން ހިންގާ 216 ސްކޫލު ރާއްޖޭގެ އެކި ސަރަހައްދުގައި ހުރިއިރު، އެ ހުރިހާ ސްކޫލެއްގައި ތަމްރީނުވެފައިވާ ޕްރިންސިޕަލުން ހަމަވެފައި ނުވާ ކަމަށެވެ. މި ވަގުތު ރާއްޖޭގައި ދާއިމީ ޕްރިންސިޕަލެއް ނެތް 53 ސްކޫލެއް ހުރިއިރު، ދާއިމީ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިވަޑައިގެންފައި ތިއްބެވީ 75 ބޭފުޅުން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *