އިމާދުއްދީން ސްކޫލުން ކ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންނަށް ވަރކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ ވެހި އެޑިޔުކޭޝަނަލް ޓުއަރ ގެ ދަށުން، މި މިނިސްޓްރީން އިންތިޒާމު ކޮށްފައިވާ މަސައްކަތު ބައްދަލުވުމެވެ.

"އެކްސްޕީރިއެންސް އެންޑް ގުޑް ޕްރެކްޓިސަސް ޝެއަރިންގ ވާރކްޝޮޕް" ގެ ނަމުގައި އިއްޔެ ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމަކީ އެއް ދުވަހުގެ ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުމުގައި، އިމާދުއްދީން ސްކޫލުން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި، އޯލެވެލް އިމްތިހާނަށް މަސައްކަތްކުރަމުންދާ ގޮތާއި، ވަމުންދާ ތައްޔާރީތަކާއި އަދި އެ ސްކޫލުން ކުރަމުންދާ އެހެނިހެން މަސައްކަތްތައް ހިއްސާކޮށްފައިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 38 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދަނީ، "ވެހި އެޑިޔުކޭޝަނަލް ޓުއަރ" ގެ ނަމުގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ޕްރޮގްރާމެއް ކުރިއަށްގެންދަމުންނެވެ. އެކި ބައިބަޔަށް ބަހާލައިގެން ގެންދާ މި ޕްރޮގްރާމުގައި ސްކޫލުތަކުގެ ޕްރިންސިޕަލުންގެ އިތުރުން، މުވައްޒުފުންވެސް މި ޕްރޮގްރާމުގައި ބައިވެރިވެ ތަޖުރިބާ ހިއްސާކުރަމުންދެއެވެ.
advertisment
ހިޔާލު