"ނޯރތް ޒޯން ވެހި އެޑިޔުކޭޝަނަލް ޓުއަރ 2022″ ކާމިޔާބު ކަމާއެކު ނިންމާލުމަށްފަހު، ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި ޕްރިންސިޕަލުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ސްކޫލުތަކުގެ މެދުގައި ތަޖުރިބާ ޙިއްޞާ ކުރުމަށް، ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ އެވެ.

"ނޯރތް ޒޯން ވެހި އެޑިޔުކޭޝަނަލް ޓުއަރ 2022″ ފަށައިފައިވަނީ މި ދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ބައިވެރިން ވަނީ ފަސް ސްކޫލަކަށް ޒިޔާރަތްކޮށްފައެވެ. އެއީ އިމާދުއްދީން ސްކޫލް، ތާއްޖުއްދީން ސްކޫލް، މުޙްޔިއްދީން ސްކޫލް، ހުރާ ސްކޫލް އަދި ހިރިޔާ ސްކޫލެވެ.
މި ސްކޫލުތަކަށް ކުރި ޒިޔާރާތުގައި، ބައިވެރިން ވަނީ އެ އެސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މެނޭޖްމެންޓާއި ބައްދަލުކޮށް، ސްކޫލް ހިންގަމުންދާގޮތް ބައްލަވައި އެސްކޫލްތަކުގައި ގެންގުޅޭ ޤަވާއިދުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އެ އަތޮޅުތަކުގެ ސްކޫލްތަކުގެ ހިންގުން ރަނގަޅުކުރަމަށްޓަކައި ޢަމަލްކުރެވިދާނެ ހަރުދަނާ ގޮތްތަކާއި އުސޫލްތައްވެސް ދެނެގަނެފައެވެ.

ނޯރތް ޒޯން ތެރޭގައި ހިމެނެނީ ހއ،ހދ އަދި ށ އަތޮޅެވެ. މި ޕްރޮގްރާމްގައި ވަނީ 13 ޕްރިންސިޕަލުން ބައިވެރިވެޑައިގަންފައެވެ.
ކޮންމެ އަހަރަކުވެސް އެޑިއުކޭޝަން މިނިސްޓްރީން ގެންދަނީ ވެހި އެޑިއުކޭޝަނަލް ޓުއަރ އެކި ޒޯންތަކަށް ބަހާލައިގެން ބާއްވަމުންނެވެ.
advertisment
ހިޔާލު