ގދ.އަތޮޅު މަދަރުސާ އަދި ކ.މާފުށީ ސްކޫލް ތަރައްޤީކުރަން ބަޔަކާއި ހަވާލްކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ގދ. އަތޮޅު މަދަރުސާ މަލްޓިޕަރޕަސް ހޯލްގެ ނުނިމި ހުރި މަސައްކަތްތަކާއި ކ.މާފުށީ ސްކޫލްގެ 12 ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ބަޔަކާއި ހަވާލުކޮށްފިއެވެ.
ގދ. އަތޮޅު މަދަރުސާގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

 މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ މި ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާއިރު، އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަމީން އަހުމަދެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 300 ދުވަސްތެރޭ ނިންމަވާ ގޮތަށެވެ. އެ ކުންފުނިން މި މަސައްކަތަށް ހުށައަޅާފައިވަނީ ހަތް މިލިއަން ތިންލައްކަ ފަސްދޮޅަސް އަށްހާސް ނުވަސްތޭކަ ފަސްދޮޅަސް ނުވަރުފިޔާ އަށްޑިހަ ފަސްލާރިއެވެ. 

ކ.މާފުށީ ސްކޫލް 12 ކްލާސްރޫމް އިމާރަތުގެ މަސައްކަތް ހަވާލްކޮށްފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރ ޑރ. އާއިޝަތު ޢަލީއެވެ. މައިކްރޯން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރ އަލީ ނަޖީބެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށައަޅާފައިވަނީ ސޯޅަ މިލިއަން ތިންލައްކަ ނުވަދިހަ އަށްހާސް ނުވަސްތޭކަ ތިރީސް އަށްރުފިޔާ ސާޅީސް ހަލާރިއެވެ. ރުފިޔާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލްކޮށްފައިވަނީ 365 ދުވަސްތެރޭ ނިންމާ ގޮތަށްށެވެ.

އެޑިއުކޭޝަން މިނިސްޓްރީންދަނީ، ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *