އެޑިޔުކޭޝަން މިނިސްޓަރ އަދި އެމްއެންޔޫ ޗާންސެލަރ ލިޔެފައިވާ ފޮތުގެ ކޮޕީ ސްކޫލުތަކުގެ ލައިބްރަރީއަށް ހަދިޔާކުރަނީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ، "އެޑިޔުކޭޝަން އިން ދަ މޯލްޑިވްސް 1900-2015" މި ފޮތުގެ ކޮޕީ، ބައެއް ސްކޫލުތަކުގެ ލައިބްރެރީއަށް ހަދިޔާ ކުރެއްވުން؛- ފޮޓޯ//އެޑިޔުކޭޝަން މިނިސްޓްރީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ، "އެޑިޔުކޭޝަން އިން ދަ މޯލްޑިވްސް 1900-2015″ މި ފޮތުގެ ކޮޕީ، ބައެއް ސްކޫލުތަކުގެ ލައިބްރަރީއަށް ހަދިޔާ ކުރައްވައިފިއެވެ.

މި ކޮޕީވަނީ، ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ލައިބްރަރީ އަށް ހަދިޔާ ކުރުމަށް ހަމަޖެހިފައެވެ.

"އެޑިޔުކޭޝަން އިން ދަ މޯލްޑިވްސް 1900-2015″ މި ފޮތަކީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ޗާންސެލަރ އަދި ޑރ. ލެސްލީ ވިޑޯވިޗް ލިޔުއްވާފައިވާ ފޮތެކެވެ.

މި ފޮތުގައި ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ތައްޔާރުކުރެވިފައިވާ އުސޫލުތަކާއި، ތީމްތަކާއި އައުޓްކަމްސްތައް ލިޔެވިފައެވެ. ވަކިން ޙާއްސަކޮށް، 20 ވަނަ ގަރުނުގައި ތަޢުލީމީ ނިޒާމުގެ ކަންތައްތައް މަޝްވަރާކުރުމުގައި އުސޫލުތައް ތައްޔާރުކުރެވިގެންދިޔަގޮތް މި ފޮތުގައިވަނީ އެކުލަވާލެވިފައެވެ.

"އެޑިޔުކޭޝަން އިން ދަ މޯލްޑިވްސް 1900-2015″ މި ފޮތް ރަސްމީ ކޮށް ނެރެފައި ވަނީ ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *