"އެންޓި ބުލީ"ގެ ނަމުގައި ޝަރަފުއްދީން ސްކޫލްގައި ޕްރޮގްރާމްއެއް ފަށައިފި

"އެންޓި ބުލީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން. ފޮޓޯ؛ ޝަރަފުއްދީން ސްކޫލް

ޝަރަފުއްދީން ސްކޫލުން ހަނގާކުރުމާ ދެކޮޅަށް ޕްރޮގްރާމެއް ފަށައިފިއެވެ. ފެބްރުއަރީ މަހު ފެށި މި ޕްރޮގްރާމްގެ ތެރެއިން ގިނަ ހަރަކާތްތަކެއް އެ ސްކޫލުންވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮންމެ މަހަކުވެސް މި ޕްރޮގްރާމްގެ ދަށުން ކޮންމެވެސް ހަރަކާތްތަކެއް އެ ސްކޫލުން ކުރަން ނިންމާފައިވާއިރު، ފެބްރުއަރީ މަހުގައިވެސް ވަނީ ހަނގާކުރުމާއި ދެކޮޅަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އޭގެ ތެރޭގައި، ދަރިވަރުން ސްކްރީނިން ކުރުން، ހަނގާކުރުން ރިޕޯޓްކުރުމަށް ސްކޫލް ގޯތިތެރޭ ފޮއްޓެއް ބެހެއްޓުން، ދަރިވަރުން ހަނގާކުރުމާއި ދެކޮޅަށް ރޯލް ޕްލޭ ހުށައެޅުމުގެ އިތުރުން ދަރިވަރުންނާއި ޓީޗަރުން ހޭލުންތެރިކުރުމުގެ އެކި ސެޝަންތައްވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ހުސެއިން މުސައްވިރް ވިދާޅުވީ، ކުދިންގެ ރައްކާތެރިކަމަށްޓަކައި ފެށި މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ހަނގާކުރުމުގެ އެއްވެސް މައްސަލައެއް އެ ސްކޫލުން ދިމާނުވުމެވެ.

"އެންޓި ބުލީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން. ފޮޓޯ؛ ޝަރަފުއްދީން ސްކޫލް

ހަަމައެއާއެކު، ހަނގާކުރުމަކީ، ނުރައްކާތެރި މައްސަލައެއްކަން ފަހާގަކުރަމުން ޕްރިންސިޕަލް ވިދާޅުވީ، މިކަމުގެ ސަބަބުން ދަރިވަރުންނަށް ނަފްސާނީ އެތަށް މައްސަލަތަކާއި އިމޯޝަނަލީވެސް އެތަށް މައްސަލަތައް  ދިމަވާކަމަށެވެ. ވަކިން ހާއްސަކޮން ސްކޫލްތަކުގައި ދިމާވާ ހަނގާކުރުމުގެ މައްސަލަތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އެތައް ނޭދެވޭ އަސަރުތަކެއް ކުރާކަން ޕްރިންސިޕަލްވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ޕްރިންސިޕަލް ފާހަގަ ކުރި ގޮތުގައި ޝަރަފުއްދީން ސްކޫލްގައި، ދަރިވަރުންނަށް އެ ކުދިން ހިތްހަމަ ނުޖެހޭ ނަންނަމުން ގޮވާކަން މަދުން ނަމަވެސް އަޑުއިވޭކަން ފާހަގަކުރިއެވެ.

ހަނގާކުރުމަކީ، މިއަދު މުޖްތަމައުގައި ވަރަށް ބޮޑަށް ފެތުރިފައިވާ މައްސަލައެއްކަން ފާހަގަކުރަމުން ޕްރިންސިޕަލް ހުސައިން މުސައްވިރް ވިދާޅުވީ، މިއީ ސީރިއަސް މައްސަލައެއްކަމަށާއި، މިކަން ހުއްޓުވުމަށް ސްކޫލްތަކުން ނުކުންނަ ދަރިވަރުންނަކީ މިކަމުގެ ގެއްލުމާއި ނުރައްކާތެރިކަމެއްކަން ވިސްނައިދީފައިވާ ބަޔަކަށް ހަދަންޖެހޭނެކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *