ނ.ކުޑަފަރީ ސްކޫލުގެ ދަރިވަރުން ނ.ހޮޅުދޫ މޭނާ ސްކޫލަށް ޒިޔާރަތްކޮށްފިއެވެ.
މިއީ ފިޒިކްސް އަދި ކެމިސްޓްރީ މާއްދާގެ ޢަމަލީ ސެޝަންތަކެއް ނެގުމަށް ކޮށްފައިވާ ޒިޔާރަތެކެވެ.

މި ސެޝަންތައް ނަގައިދީފައިވަނީ މޭނާ ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންނާވެސް އެކުގައެވެ.
ނ.ކުޑަފަރީ ސްކޫލުގައި މިވަގުތު ސައިންސް ލެބެއް ނެތުމުގެ ސަބަބުން ދަތިތައްދިމާވާކަން ފާހަގަކޮށް، އެ ސްކޫލުގެ ލީޑީންގ ޓީޗަރ ރަޙްމަތުﷲ ވިދާޅުވީ، މާއްދާތަކަށް ބޭނުންވާ އިކުއިޕްމެންޓްތައްވެސް މަދުކަމަށެވެ.

ކުޑަފަރީ ސްކޫލާއި މޭނާ ސްކޫލާދެމެދު ވަނީ ދަތުރުގެ ހަދިޔާވެސް ބަދަލުކޮށްފައެވެ.
މި ދަތުރުގައި ކުޑަފަރީ ސްކޫލުން ޖުމްލަ އަށް ދަރިވަރުންވަނީ ބައިވެރިވެފައެވެ.
advertisment
ހިޔާލު