އެޑިޔުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބު ޢަބްދުﷲ އާ ބައްދަލުކުރައްވައފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރާއެކު، އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަހްމަދު މުޖާހިދުވެސް ބައިވެރިވަޑައިގެންނެވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރާއެކު ކުރެއްވި މި ބައްދަލުވުމުގައި، އެ ދާއިރާގެ ރަށްތަކުގެ ސްކޫލުތައް އިތުރަށް ތަރައްޤީކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީ އިން ދަނީ ރާއްޖޭގެ ގިނަ ސްކުލުތަކެއް ތަރައްޤީކިރުމާގުޅޭ އެކި މަޝްވަރާތައްކުރެއްވުމަށް، އެކިއެކި ރަށްރަށުގެ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވަމުންނެވެ.
advertisment
ހިޔާލު