55 ވަނަ އަހަރާއެކު ލަންދޫ ސްކޫލް " ބޯގަންވިލާ" ގެ ބަގީޗާއަކަށް ބަދަލުކޮށްލަނީ

ނ. އަތޮޅު ލަންދޫ ސްކޫލަށް 55 އަހަރު ފުރުމާ ދިމާކޮށް، "ފެހިކުރަމާ" ޕްރޮގްރާމުގެ ދަށުން ބޯގަންވިލާގެ ބަގީޗާއަކަށް އެ ސްކޫލް ބަދަލުކޮށްލުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފު އަބްދުއްރަހީމް މިއަދު ވިދާޅުވީ ސްކޫލް ފެހިކުރުމުގެ ނަމުގައި ފެށި ޕްރޮގްރާމުގެ ދަށުން އެ ސްކޫލްގެ ކޮންމެ ދަރިވަރަކާއި ކޮންމެ މުވައްޒަފެއްގެ ނަމުގައި ބޯގަންވިލާ ގަހެއް އިންދާފައިވާ ކަމަށެވެ.

" އަޅުގަނޑުމެން ބޭނުން މި ވަނީ ބޯގަންވިލާގެ ބަގީޗާއެއްގެ ގޮތުގައި ސްކޫލްގެ ގޯތިތެރެ ރީތިކުރަން. އެކަން މިކުރަނީ ކިޔެވުމުގެ އިތުރުން ދަރިވަރުންނާއި ސްޓާފުން ކުރިއަށް ގެންދާ ސްކޫލް ފެހިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން"

ޔޫސުފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ ކޮންމެ ކަމެއްގައި އެ ރަށުގެ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާ ކަމަށެވެ. ފެހި ކުރުމުގެ ފްރޮގްރާމަށްވެސް އެ މުވައްސަސާތަކުން ވަނީ ގަސް ހަދިޔާކޮށްފައެވެ.

ފެހިކުރަމާ ޕްރޮގްރާމުގެ ދަށުން އިއްޔެ އެކަނިވެސް 250 ބޯގަންވިލާ ގަސް ވަނީ އެ ސްކޫލްގައި އިންދާފައެވެ.

ލަންދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ވަނީ އެ ރަށު ވަށައިގެން އޮތް ބޮޑު މަގުގައި 420 ގަސް މީގެ ކުރިން އިންދާފައެވެ.

ލަންދޫ ސްކޫލްގައި 210 ދަރިވަރުން ތަޢުލީމް ހާޞިލް ކުރަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *