"އިމާދުއްދީން ސްކޫލް ޕޮލިސީސް"ގެ ނަމުގައި ފޮތެއް ނެރެފިއެވެ.
އިއްޔެ ނެރުނު މި ފޮތަކީ، ބެލެނިވެރިންނަށާއި ދަރިވަރުންނަށް ފައިދާހުރި ފޮތެއްކަން ފާހަގަކޮށް، އެ ސްކޫލުގެ ޕްރިންސިޕަލް ޢަލީ މަމްދޫޙް ވިދާޅުވީ، މި ފޮތުގައިވާ އުސޫލުތައް ލިޔެފައިވާނީ ދިވެހި އަދި އިނގިރޭސި ބަހުން ކަމަށެވެ.
މިފަދަ ފޮތެއް ނެރުއްވުމަށް ފެށުނީއްސުރެއް މަސައްކަތްކުރަމުންދާ ކަމަށާއި، މި ސްކޫލަކީ އުސޫލުތައް ލިޔެވި ޕަބްލިޝްކުރި ފުރަތަމަ ސްކޫލުކަމަށްވެސް ޕްރިންސިޕަލް ޢަލީ މަމްދޫޙް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ މިކަހަލަ ގޮތަކަށް ޕޮލިސީސްތައް ލިޔެ ޕަބްލިޝްކުރި ފުރަތަމަ ސްކޫލުހެން މީ.. ދެން ބެލެނިވެރިންނަށް ވަރަށް ފަސޭހަވާނެ.. އެ ބޭފުޅުންގެ ދަރިން ޕްރިފެކްޓް މަޤާމަށް ކުރިމަތިލުމަށް ކީއްތޯކުރަންޖެހެނީ.. މި ފޮތުން އެނގިގެންދާނެ" -ޕްރިންސިޕަލް ޢަލީ މަމްދޫޙް

މި ފޮތުގައި، އެކި އެކި މަޤާމުތަށް ހާސިލްކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި، ފުރިހަމަވާންޖެހޭ ކްރައިޓީރިއާއި، މި ނޫނަސް ސްކޫލުގެ އެކިއެކި ޤަވާޢިދުތައް ހިމެނެއެވެ.
"އިމާދުއްދީން ސްކޫލް ޕޮލިސީސް" މި ފޮތް ނެރެދެއްވާފައިވަނީ، އެ ސްކޫލުގެ ޕްރިންސިޕަލް ޢަލީ މަމްދޫހް އަދި އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިސަރ އަބްދުﷲ އިސްމާޢިލްއެވެ.
މި ފޮތުގައި ޖުމްލަ 19 އުސޫލު ވަނީ ލިޔެވިފައެވެ.
advertisment
ހިޔާލު