ތިނަދޫގައި ޒުވާން އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފަށައިފި

ބައްދަލުވުމުގެ ތެރެއިން.ފޮޓޯ:ގދ ތިނަދޫ ކައުންސިލް

މިސްކިތްތަކުގައި އިމާމްވެ ނަމާދާއި ތަރާވީސްކުރާނެ ޒުވާން އިމާމުން ތަމްރީން ކުރުމުގެ ގޮތުން ފަށާ ޚާއްސަ ޕްރޮގްރާމް ގދ. ތިނަދޫގައި، ރޭ ފަށައިފިއެވެ.

"ކަސީދާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، ތިނަދޫ މިސްކިތްތަކުގައި ދިމާވާ އިމާމުންގެ ދަތިކަން ހައްލުކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްއެކެވެ. ތިނަދޫ ކައުންސިލުން ބުނިގޮތުގައި، މި ޕްރޮގްރާމަކީ ވޭތުވެދިޔަ ރަމަޟާންމަސްތަކުގައި ދިމާވި، އިމާމުން މަދުވުމުގެ ސަބަބުން، ތަރާވީސްކުރުމުގައި ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އެ ކައުންސިލުން ހިންގާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅުންނެވެ.
އެ ކައުންސިލްއިން ބުނިގޮތުގައި، ގޮތުގައި މި ޕްރޮގްރާމްގެ ސަބަބުން މި އަހަރު ރަމަޟާންމަހު މިކަމުގެ ފައިދާއާއި ލުއިފަސޭހަ ގިނަބަޔަކަށް ލިބިގެން ދިޔުމަކީ އެ ކައުންސިލްގެ އެންމެ ބޮޑު އުންމީދެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *