ލާމަރުކަޒީ ދުވަހާ ގުޅުވައިގެން ކެޔޮދޫ ސްކޫލުން އެރަށު ކައުންސިލަށް މޭވާގެ މަލާފަތެއް

ކެޔޮދޫ ސްކޫލުން އެ ރަށު ކައުންސިލަށް މޭވާގެ މަލާފަތެއް ހަދިޔާކުރުން

ލާމަރުކަޒީ ދުވަހާ ގުޅުވައިގެން ކެޔޮދޫ ސްކޫލުން އެރަށު ކައުންސިލަށް މޭވާގެ މަލާފަތެއް ހަދިޔާކޮށްފިއެވެ.

ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ އެރަށުގެ މުވައްސަސާތަކުގެ އެހީތެރިކަން އެ ސްކޫލަށް އިންތިހާއަށް ލިބެމުންދާތީ، އެފަދަ ތަންތަނުގެ މުހިންމު ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ހަދިޔާ ފޯރުކޮށްދޭން މި އަހަރު އެ ސްކޫލުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމަނާފައިވާ ކަމަށެވެ. އެހެންވެ ލާމަރުކަޒީ ފުވަހާ ގުޅުވައިގެން ކައުންސިލަށް ހަދިޔާދޭން ނިންމީ ކަމަށެވެ.

" ކައުންސިލް ނޫނަސް އެހެން އިދާރާތަކަށް ވެސް އަޅުގަނޑުމެން ހަދިޔާ ދޭން ނިންމާފައި ވަނީ" ޒައީމާ ވިދާޅުވިއެވެ.

ކެޔޮދޫ ސްކޫލުން ބުނީ މޭވާގެ މަލާފަތް ތައްޔާރު ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވީ އެ ސްކޫލްގެ ސްޓާފުންނެވެ.

މި އަހަރު އަލަށް ގުރޭޑް އެގާރައަށް ކިޔަވައިދޭން ފަށާފައިވާއިރު، އެ ގުރޭޑްގައި ކިޔަވަމުންދާ ހަ ދަރިވަރުންނަށް ހަދިޔާއެއްގެ ގޮތުގައި ހެޑްސެޓްތަކެއް އެރަށު އުނިމާގޭ އާއިލާއިން ވަނީ އިއްޔެ ހަދިޔާކޮށްފައެވެ.

ކެޔޮދޫ ސްކޫލްގައި ދުވިސައްތައެންހާ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *