ހުވަދޫ ސްކޫލްގެ ޔޫކޭޖީގައި ކިޔަވަމުންދާ އިލީން މުޙައްމަދު ރަޝީދުގެ ފަރާތުން އެ ސްކޫލަށް ގިނަ އަދަދެއްގެ ތަކެތި ހަދިޔާކޮށްފިއެވެ.
އިލީގެ ނަމުގައި ހަނދިޔާކޮށްފައި ވަނީ ފައުންޑޭޝަން ސްޓޭޖްގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާ ތަކެއްޗެވެ.

" މިހާތަނަށް ލިބުނު އެންމެ ބޮޑު އެއްއެހީ" ހުވަދޫ ސްކޫލްގެ ޕްރިންސިޕަލް ފާތިމަތު ސައިސްތާ އަލީ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
އެ ސްކޫލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ފައުންޑޭޝަން ކުދިންނަށް ކުޅުމުގެ ތެރެއިން ކިޔަވަން ބޭނުންވާ ސާމާނާއި ފޮތާއި، ބޮލޮކްސްގެ އިތުރުން ތަފާތު ވައްތަރުގެ ޕަޒުލް ހިމެނެއެވެ.

" ބޭނުންވާ ތަކެތި ހަދިޔާ ކުރަން ބެލެނިވެރިންނަށް ހުޅުވާލާފައި އަބަދުވެސް އޮންނަނީ. މިފަހަރު މި ލިބުނީ، ފައުންޑޭޝަންގެ ދަރިވަރުންގެ ތަޢުލީމު އައު ހަރުފަ ތަކަށް ގެންދަން މުހިންމު ބޭނުންވެފައިވާ ތަކެތި" ސައިސްތާ ވިދާޅުވިއެވެ.
ހުވަދޫ ސްކޫލްގައި 200އަށްވުރެ ގިނަ ކުދިން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު