އއ މަތިވެރި ސްކޫލްގެ 12 ކްލާސްރޫމް އަދި މަލްޓި-ޕާރޕަސް ހޯލް އިމާރަތްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވަލްކޮށްފައި ވަނީ، އަޒްތޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޖޭވީ ވިތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމާ ގުޅޭ އެއްބަސް ވުމުގައި ފެ ދަރާތުން ސޮއިކޮށްފައިވާ އިރު، މިނިސްޓްރީ އޮޕް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އާއިޝަތު އަލީއެވެ. އަޒްތޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޖޭވީ ވިތް ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޖިނާހްއެވެ.

އެ މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި، މި މަސައްކަތް އެ ކުންފުންޏާ ހަވާލްކޮށްފައި ވަނީ 420 ދުވަސްތެރޭ ނިންނަން 15.95 މިލިއަން ރުފިޔާއެވެ.
އ.އ މަތިވެރި ސްކޫލްގައި މިހާރު 11 ކްލާސްރޫމް ހުރިއިރު، މި ސްކޫލްގައި ގްރޭޑް 10 އަކާއި ހަމައަށް ދަނީ ކިޔަވައިދެމުންނެވެ.
advertisment
ހިޔާލު