ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10އެއްގެ ދަރިވަރުންނަށް ސްޓަޑީކޭމްޕެއް ކުރިއަށްގެންގޮސްފިއެވެ.
މި ސްޓަޑީކޭމްޕުގައި ކިޔަވައިދެއްވި މާއްދާތަކަކީ ޓްރެވެލް އެންޑް ޓުއަރިސްމް އަދި ފިޒިކްސް އެވެ. މި މާއްދާތައް ކިޔަވައިދެއްވާފއިވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދެ މުދައްރިސެކެވެ. އެއީ ފިޒިކްސް މުދައްރިސް ސީނޫ އަދި ޓްރެވެލް އެންޑް ޓުއަރިސްމް މުދައްރިސް ޖިލްސްއެވެ.

ނ.އޭއީސީގެ ގްރޭޑް 10އެއްގެ ދަރިވަރުންނަށް ކުރިއަށްގެންދެވުނު މި ކޭމްޕަކީ އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ކުރިއަށްގެންދެވުނު ކޭމްޕެކެވެ. މި ކޭމްޕުގައި އިމްތިހާނުގެ ސުވާލުތަކަށް ޖަވާބުދޭނެގޮތާއި، ޖަވާބުދިނުމުގައި ވިސްނަން ޖެހޭކަންތައްތައް ވަނީ ކިޔައިދީފައެވެ.
ދަންފަޅިތަކަކަށް ބަހައިލެވިގެން ކުރިއަށްގެންދިޔަ މި ކޭމްޕަކީ ޖުމްލަ 18 ގަޑިއިރުގެ ކޭމްޕެކެވެ.
advertisment
ހިޔާލު