ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން އިއްޒުއްދީން ސްކޫލްގައި ހައުސްތައް ތަޢާރަފުކޮށް ޔޫޓިއުބް ޗެނަލެއް ލޯންޗްކޮށްފިއެވެ. މި ޗެނަލް ލޯންޗް ކުރީ " ވިޒްޓޭރިއާ އައިޒެޑް" ގެ ނަމުގައެވެ.
އިއްޒުއްދީން ސްކޫލްގެ އަލަށް އުފެއްދި ހައުސްތަކަށް ނަން ދީފައި ވަނީ ޖަވާހިރުތަކަށް ނިސްބަތްކޮށެވެ. އެއީ ފީރޯޒު ހައުސްއާއި ނީލަމް ހައުސްއާއި ހީރާ ހައުސްއާއި ލާލު ހައުސްއެވެ.
އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާދިރާ ހަސަން މިއަދު ވިދާޅުވީ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އެ ސްކޫލްގެ ހަރާކާތްތައް ފެންނާނެ ކަމަށާއި، މަހަކު އެއްފަހަރު ޓޯކްޝޯއެއް ގެނެސްދޭން ނިންމާފައިވާ ކަމަށެވެ.
އިއްޒުއްދީން ސްކޫލަކީ މާލެ ހިމެނޭ ސަރަހައްދުގައި އެއް ދަންފަޅިއަށް މާލޭގައި ހިންގާ ހަމައެކަނި ސްކޫލެވެ. ދާދި ފަހުން އެ ސްކޫލުން ވަނީ ޑިޖިޓަލައިޒޭޝަން ޕޮރޮގްރާމެއްވެސް އިފްތިތާހުކޮށްފައެވެ.
advertisment
ހިޔާލު