އެންއައިއީން ރަސްގެތީމު ސްކޫލުގެ ބެލެނިވެރިންނަށް ސެޝަނެއް ކުރިއަށްގެންގޮސްފި

އެންއައިއީން ރަސްގެތީމު ސްކޫލުގެ ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ ސެޝަނުގެ ތެރެއިން؛- ފޮޓޯ: ރަސްގެތީމު ސްކޫލް

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) ގެ ފަރާތުން، ރަސްގެތީމު ސްކޫލުގެ ބެލެނިވެރިންނަށް ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

"އެޑިޔުކޭޓިން ޗިލްޑްރެން އެންޑް ޕޭރެންޓިންގ ސްކިލްސް" ގެ މި ސެޝަން ކުރިއަށް ގެންގޮސްފައިވަނި އޮންލައިންކޮށް ރަސްގެތީމު ސްކޫލުގައެވެ.

އެންއައިއީން ރަސްގެތީމު ސްކޫލުގެ ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ ސެޝަނުގެ ތެރެއިން؛- ފޮޓޯ: ރަސްގެތީމު ސްކޫލް

މި ސެޝަން ނަގައިދީފައިވަނީ އެންއައިއީ ގެ ފަރާތުން ނާސިރާ ސޯދިގެވެ.

މި ސެޝަނަކީ، ބައިވެރިން ޝައުގުވެރިވާނެހެން ވަރަށް "އިންޓެރެކްޓިވް" ކޮށް ގެންދެވުނު ސެޝަނެކެވެ. އެގޮތުން، މަޢުލޫމާތުގެ ބަޔަށްފަހު، ސެޝަނުގެ އެހެނިހެން ބައިތައް ކުރިއަށްގެންގޮސްފައިވަނީ ގްރޫޕް ހަރަކާތްތަކާއެކީއެވެ.

އެންއައިއީން ރަސްގެތީމު ސްކޫލުގެ ބެލެނިވެރިންނަށް ކުރިއަށްގެންދިޔަ ސެޝަނުގެ ތެރެއިން؛- ފޮޓޯ: ރަސްގެތީމު ސްކޫލް

ރަސްގެތީމު ސްކޫލުގެ ޕްރިންސިޕަލް އަބްދުލް މޫމިން ނަސީރު ވަނީ، މި ސެޝަނުގެ ސަބަބުން ބެލެނިވެރިންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަކަމަށް ފާހަގަކުރައްވާފައެވެ. ޙާއްސަކޮށް ގްރޫޕް އެކްޓިވިޓީސް ތަކާއެކު މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރެއިން، ބެލެނިވެރިންނަށް އައު ކަންތައްތައް ދަސްވެ، އާއްމުކޮށް ކުދިންގެ ކިބައިންފެންނަ ކަންތައްތައް ފާހަގަކޮށް، އެކަންތައްތަކާމެދު ޢަމަލުކުރާނެ ގޮތްތައްވެސް މި ސެޝަނުގެ ތެރެއިން ބެލެނިވެރިންނަށް އެނގިގެންދިޔަކަން ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

ގާތްގަޑަކަށް 70 ބެލެނިވެރިން މި ސެޝަނުގައިވަނީ ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *