ސްކޫލުތަކާ އަލަށް ގުޅިވަޑައިގެން ޕްރިންސިޕަލުންނަށް ތަޢުލީމީ ދާއިރާއަށް އަހުލުވެރިކުރުވުމަށް ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ، އެޑިއުކޭޝަން މިނިސްޓްރީގެ އުސޫލުތަކަށާއި ޤަވާޢިދުތަކަށް އަހުލުވެރިކުރުވުމެވެ. އަދި މިނިސްޓްރީގެ ސާކިއުލަރއަށް އަހުލުވެރިކޮށް، ފަސޭހަކަމާއެކު މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގޮތް މި ޕްރޮގްރާމުގައި ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން ސްކޫލުތަކުގެ ލީޑަރުން ތަރައްޤީކުރުމަށް މަސައްކަތްކޮށް "އިންސްޓްރަކްޝަނަލް ޑިވެލޮޕްމެންޓް" އަށް އެހީތެރިކަން ފޯރުކޮށްދީ، ސްކޫލުގައި އެއްބައިވަންތަ މާހައުލެއް ބިނާކުރުމަށް ދަސްކޮށްދިނުމަކީ މި އޮރިއެންޓޭޝަނުން އުނގަންނައިދިން ކަންތައްތަކެވެ.

އެ މިނިސްޓްރީގެ ކޮންމެ ޑިޕާޓްމަންޓެއްގެ އިސްވެރިން، އެ ޑިޕާޓްމަންޓްގެ ކަންތައްތައް ކިޔައިދީ، މަޢުލޫމާތު ސާފުކޮށްދީފައިވެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ޖުމްލަ 18 ޕްރިންސިޕަލުންނާއެކު ކުރިއަށްްގެންދެވޭ މި ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިއަހަރުގެ ޖެނުވަރީ މަހުވެސްވަނީ މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފައެވެ.
advertisment
ހިޔާލު