މާލެ އަތޮޅު ހުރާ ސްކޫލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، އެ ސްކޫލްގެ ގޯތިތެރޭގައި" ކެޕްސޫލް" އެއް ވަޅުލައިފިއެވެ.
މި ކެޕްސޫލް ވަޅުލީ މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އެ ސްކޫލުން ބުނީ މީގެ ކުރިން ވެސް މި ފަދަ ކެޕްސޫލެއް ވަޅުލަން މަސައްކަތް ކުރި ކަމަށާއި އެކަން ތަފާތު ސަބަބުތަކާހުރެ ކުރެވިފައިވާ ނުވާ ކަމަށެވެ.
މިއަދު ވަޅުލި ކެޕްސޫލް ނަގާނީ މީގެ ފަނަރަ އަހަރު ފަހުން، އެ ސްކޫލްގެ ރަންޔޫބީލާ ދިމާކޮށެވެ.
ފައުންޑޭޝަނުން ފެށިގެން ގުރޭޑް ދިހައަކާ ހަމައަށް، 270 އެންހާ ދަރިވަރުން ހުރާ ސްކޫލްގައި ކިޔަވަމުން ގެންދޭ.
advertisment
ހިޔާލު