އަހުމަދިއްޔާއިން ނުކުންނަ ދަރިވަރުން ކުށުގެ ވެށިން ފެންނަލެއް މަދު: ޕްރިންސިޕަލް

އަހަރީ ހަފްލާގައި ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވާހަކަފުޅު ދައްަކަވަނީ: ފޮޓޯ: ރައީސް އޮފީސް

ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން ވަށައިޖެހޭ ދަރިވަރުން އުފެއްދުމުގެ ނަތީޖާއަކީ އަހުމަދިއްޔާއިން ކިޔަވައި ނިންމައި ނުކުންނަ ދަރިވަރުން ކުށުގެ ވެށިން ފެންނަލެއް މަދުވުން ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ސާޅީސް އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ޚާއްޞަ ޖަލްސާގައި ޕްރިންސިޕަލް ރަޝީދު ވިދާޅުވީ، މިއަދު އަހުމަދިއްޔާ މި އޮތީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ކިޔަވައިދެވޭ ހުރިހާ އުމުރު ފުރައަކަށް ކިޔަވައިދޭ ސްކޫލަކާ ހަމައަށް ފައިތިލަ ސާބިތުކޮށްފައި ކަމަށެވެ. އަދި ވިދާޅުވީ، މިއަދު އަހުމަދިއްޔާއިން ކިޔަވައި ނިންމައި ނުކުންނަ ދަރިވަރުންނަކީ އިލްމާއި ހިލްމާއި ހުނަރާއި އަޚުލާގީ ރީތި ސިފަތަކުން ބައްޓަންވެގެން ޤައުމީ ޚިދުމަތަށް ނުކުންނަ މުރާލި ދަރިންތަކެއް ކަމަށެވެ.

" އަހުމަދިއްޔާ މި ދަނި ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން ވަށައިޖެހޭ ދަރިވަރުން އުފައްދަމުން. މި ސްކޫލް ނިންމާ ދަރިވަރުން ކުށުގެ ވެށިން ފެންނަލެއް މަދުކަން އެއީ މި ދެންނެވި ހަގީގަތުގެ އަލިގަދަ ހެއްކެއް" ރަޝީދު ވިދާޅުވިއެވެ.

ޕްރިންސިޕަލް ރަޝީދު ވިދާޅޫވީ، ވޭތުވެދިޔަ ސާޅީސް އަހަރު ދުވަހުގެ ތެރޭގައި ކިޔެމާއި އަދަބިއްޔާތާއި ކުޅިވަރު އިޖްތިމާއި މައިދާނުގައި އަހުމަދިއްޔާއިން އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި، އެ ސްކޫލްގެ ކާމިޔާބީގެ ވާހަކައަކީ އެންމެން ދަންނަ އެނެމްނަށް އެނގޭ ވާހަކައެއް ކަމަށެވެ.

" ކޮންމެ މުއައްސަސާއަކަށް، ޚިދުމަތްތެރިންގެ ކޮންމެ ފަންނަކަށް ބަލާލި ނަމަވެސް އަހުމަދިއްޔާއިން ކިޔެވި ދަރިވަރުން ތިބީ ޤައުމީ ޚިދުމަތުގެ ކުރީ ސަފުގައި. މިއަދުވެސް ބިނާކުރެވޭތޯ އަޅުގަނޑުމެން ބަލަމުން މިދަނީ އެފަދަ ދަރިން" ރަޝީދު ރޭ ވިދާޅުވިއެވެ.

" އހުމަދިއްޔާގެ ތައުލީމު ދިނުމުގެ އަމާޒަކަށް ވެފައި އޮތީ އެފަދަ ތަޢުލީމު ދިނުމުގެ ރޭހުގައި އަހުމަދިއްޔާ ކުރި ހޯދުން"

ރަޝީދު ވިދާޅުވީ، އޯލެވެލްއާއި އޭލެވެލް އިމްތިހާނުގެ ނަތީޖާއަތަކަށް ބަލާއިރު، އެ ސްކޫލަކީ މުޅި ރާއްޖެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ސްކޫލު ކަމަށާއި، އެކަން އެހެން ވަނީ ތަޖުރިބާކާރު މުދައްރިސުންގެ ޓީމެއް އޮތުމާއި، އެފަދަ މުދައްރިސުން ތަމްރީނު ކުރުމަށް މަސައްކަތް ކުރަމުން ދިއުން ކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *