ސްކިލް ޓްރެއިނިންގ ސެންޓަރުން މާދަރީ ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

ސްކިލް ޓްރެއިނިންގ ސެންޓަރުގެ ފަރާތުން، ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް ފާހަގަކޮށްފިއެވެ.

މި ދުވަހާއި ގުޅިގެން އެ ސެންޓަރުގައި ކިޔަވާ ހުރިހާ ދަރިވަރުނަށް ދުވަހުގެ އެކި ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލިއެވެ. މަދަހައާއި ރައިވަރާއި ބަންޖާއި ވާހަކަ ކިޔުން ފަދަ ދިވެހި ބަހާއި ގުޅޭ އެކި ހަރަކާތަތައް ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނެވެ. މި ހުޅުވާލި ފުރުސަތުގައި ގިނަ އަދަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.

ސްކިލް ޓްރެއިނިންގ ސެންޓަރ ގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ތެރއިން؛- ފޮޓޯ؛- ސްކިލް ޓްރެއިނިންގ ސެންޓަރ

އޮންލައިންކޮށް ކިޔަވައި ދެމުންދާތާ ދޮޅު އަހަރު ވެފައިވާއިރު ފިޒިކަލް ކޮށް ގެންދިޔައިރު ވެސް މިފަދަ ގިނަ ހަރަކާތްތަކެއް ދަރިވަރުންނަށް އަމާޒުކޮށްގެން އެ ސެންޓަރުން ކުރިއަށް ގެންދިޔައެވެ.

ދަރިވަރު ނޫހަށް މަޢުލޫމާތު ދެއްވަމުން އެ ސެންޓަރ ގެ ފައުންޑަރ ދިމްނާ ފާކިރު ވިދާޅުވީ، މިފަދަ ފުރުސަތުތައް ދަރިވަރުންނަށް ހޯދައިދިދިނުމުގެ މަޤްސަދަކީ އެ ކުދިންގެ ހުނަރު ދައްކާލުމެވެ. މިފަދަ ދުވަހަކީ އެކުދިންނަށް އެކުދިންގެ ހުނަރު އެންމެ ފަސޭހައިން ދައްކާލެވޭނެ ދުވަހެއް ކަމަށާއި އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް މި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިން ކަމަށެވެ. އަދި އެ ސެންޓަރުން ތައްޔާރުކޮށްފައިވާ ލަވަތައް އަތޮޅުތެރޭގެ އެކި ސްކޫލުތަކުގައި އެކި މުނާސަބަތުތަކުގައި ބޭނުން ކުރުމަކީ އެ ސެންޓަރ އަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއްކަން ދިމްނާ ވަނީ ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން މުސްތަޤްބަލުގައި ވެސް މިފަދަ ދުވަސްތައް އިތުރު ހަރަކާތްތަކަކާއެކު ކުލަގަދަކޮށް ފާހަގަކުރަން ވިސްނާފައިވާނެ ކަމަށް ދިމްނާ ވިދާޅުވިއެވެ.

ސްކިލް ޓްރެއިނިންގ ސެންޓަރ އިން މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ތެރއިން؛- ފޮޓޯ" ސްކިލް ޓްރެއިންނިންގ ސެންޓަރ

ސްކިލް ޓްރެއިނިންގް ސެންޓަރުން ޤަބޫލު ކުރާ ގޮތުގައި ތަޢުލީމު ދިނުމަކީ އުގެނުމުގެ ބިންގަލެވެ. އެހެންކަމުން އެމީހެއްގެ ފުރަތަމަ ބަސް ނުވަތަ މާދަރީ ބަހުގެ މައްޗަށް ބިނާވެފައިވާ ތައުލީމް ފަށަން ޖެހޭނީ ޅަފަތުގެ ދުވަސްވަރު ނުވަތަ ހަޔާތުގެ އެންމެ ކުރީކޮޅުގައި ކަމަށެވެ. އެހެންކަމުން ސްކިލް ޓްރެއިނިންގ ސެންޓަރުގެ އަމާޒަކީ ދަރިވަރުންނާ ހަމައެކަނި ދިވެހި ބަހުން ވާހަކަ ދެއްކުމެވެ. އުނގަންނާދިނުމުގައި ވެސް ދިވެހި ބަސް ބޭނުން ކުރުމެވެ.

ސްކިލް ޓްރެއިނިންގް ސެންޓަރުގައި އޮންލައިންކޮށް ރައްޖޭގެ ގިނަ އިތޮޅުތަކެއްގެ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *