އޭޕީޔޫގެ މައުލޫމާތުދިނުން މިމަހު 21އަދި 22ގައި

އޭޝިޔާ ޕެސިފިކް ޔުނިވަރސީޓީ އޮފް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން މެލޭޝިޔާ ޔުނިވަރސީޓީއާ ގުޅޭ މައުލޫމާތު މިމަހުގެ 21-22ގައި ދިނުމަށް އެ ޔުނިވަރސިޓީން ނިންމައިފިއެވެ.

މިމައުލޫމާތު ދިނުން އޮންނަނީ އެ ދެދުވަހު މާގިރި ހޮޓަލްގައި ހަވީރު 5.00ން ރޭގަނޑު 10.00 އަށެވެ.

މެލެޝިޔާގެ ކުއާލަލަމްޕޫރުގައި ހުންނަ މި ޔުނިވަރސިޓީން ކޮންމެ އަހަރަކުވެސް ގިނަ ޕްރޮގްރާމްތަކެއް ރާވައި އަންނަނީ ހިންގަމުންނެވެ.

އެގޮތުން އެ ޔުނިވަރސިޓީގައި ކިޔެވުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު އެ ޔުނިވަރސިޓީގެ އެކިއެކި ކޯސްތަކުން ދަރިވަރުންނަށް ޑިސްކައުންޓް ރޭޓެއްވެސް ލިބިގެންދާނެއެވެ.

މި ޔުނިވަރސިޓީއަކީ ދުނިޔޭގެ ގިނަ ދަރިވަރުންތަކެއްގެ މަގްބޫލްކަން ހޯދައިފައިވާ ޔުނިވަރސިޓީއެކެވެ. މި ޔުނިވަރސީޓީގައި ތައުލީމް ހާސިލް ކުރުމަށް ފުރުސަތަށް އެދޭ ކުދިންގެ އަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

13،000އަށް ވުރެ ގިނަ ދަރިވަރުން 130 ގައުމުން އެކި ދާއިރާތަކުން އެ ޔުނިވަރސިޓީގައި ތައުލީމް ހާސިލް ކުރަމުންދާއިރު 58 ޕަސެންޓަކީ އެކި ގައުމުތަކުން އެ ޔުނިވަރސިޓީގައި މަތީ ތައުލީމް ހާސިލް ކުރަމުން ގެންދާ ދަރިވަރުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *