އއ. އުކުޅަހު ސްކޫލުގައި ޚާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފި

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން އިސްނަގައިގެން އއ، އދ، އަދި މ އަތޮޅުގެ ރަށްތަކުގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާގެ ތެރެއިން އއ އުކުޅަހު ސްކޫލު ކުދިންނަށް ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.  "ހަރުދަނާ މީހަކަށް ވާން ބޭނުން ނަމަ" މި ނަމުގައި ކުރިއަށްގެންދިޔަ ސެޝަނުގައި އެ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ.

މި ސެޝަން ނަންގަވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ޑެޕިއުޓީ ވައިސް ޗާންސެލަރ (އެކަޑަމިކް) ޑރ.ސައުދުﷲ އަލީއެވެ. އެ ސްކޫލްގެ ގޯތިތެރޭގައި ނަގައިދިން މި ސެޝަންގައި ހަރުދަނާ މީހަކަށް ވާން ބޭނުންވާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ މުހިއްމު ރިވެތި ސިފަތަކަށް ވައިސް ޗާންސެލަރ ވަނީ ދަރިވަރުންނަށް ކިޔައިދެއްވާފައެވެ. މި ސެޝަންގައި އެ ސްކޫލުގެ ބައެއް ޓީޗަރުންވެސް ބައިވެރިވިއެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *