އެޑިޔުކޭޝަން މިނިސްޓްރީން ބ.އަތޮޅު ދެ ސްކޫލަކަށް ސެޝަންތަކެއް ނަގައިދީފި

ބ.ގޮއިދޫ ސްކޫލުގެ ގްރޭޑް 10އެއްގެ ދަރިވަރުންނަށް ނަގައިދެވުނު ސެޝަންތަކުގެ ތެރެއިން؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އެޑިޔުކޭޝަން މިނިސްޓްރީން ބ.އަތޮޅު ދެ ސްކޫލަކަށް ސެޝަންތަކެއް ނަގައިދީފިއެވެ. މި ސެޝަންތައް ނަންގަވައިދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ އެޑިޔުކޭޝަން އޮފިސަރ، ހުސްނޫ އަފްރޯޒްއެވެ.

މިއީ "ގޯލް ސެޓިން" އަދި "ޓީމް ބިލްޑިންގ" ގެ ސެޝަންތަކެކެވެ. މި ސެޝަންތައް ނަގައިދީފައިވަނީ ބ.އަތޮޅު މަދަރުސާ އަދި ބ.ގޮއިދޫ ސްކޫލުގެ ގްރޭޑް 10އެއްގެ ދަރިވަރުންނަށެވެ.

ބ.އަތޮޅު މަދަރުސާގައި ނަގައިދެވުނު ސެޝަންތަކުގެ ތެރެއިން؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މި ސެޝަންތައް ނަންގަވައިދެއްވާފައިވަނީ އެކި ހަރަކާތްތަކާއެކީ ވަރަށް ޝައުޤުވެރިވާފަދަ ގޮތަކަށެވެ. މި ސެޝަނުގައި، ކޮންމެ ދަރިވަރެއްގެވެސް އަމާޒު ދެނެގަނެ، އެ އަމާޒަކަށް ވާސިލްވާނެ ގޮތްތަކާއި، ކަނޑައްތުކުރާނެ ކަންކަން ކިޔައިދީފައިވެއެވެ.

ބ.ގޮއިދޫ ސްކޫލުގައި ނަގައިދެވުނު ސެޝަންތަކުގެ ތެރެއިން؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އަދި އެއްބައިވަންތަކަމާއި، ޓީމެއްގައި މަސައްކަތްކުރާއިރު ގެންގުޅެންވީ އާދަތައްވެސް ވަނީ މި ސެޝަންތަކުގެ ތެރެއިން ދަރިވަރުންނަށް ކިޔައިދީފައެވެ.

މި ސެޝަނުގައި ބ.އަތޮޅު މަދަރުސާގެ 11 ކުދިން ބައިވެރިވެފައިވާއިރު، ބ.ގޮއިދޫ ސްކޫލުގެ އަށް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *