ހދ. އަތޮޅު މަދަރުސާގައި އިކޮނޮމިކްސް އަދި އެކައުންޓިންގއަށް ޚާއްސަ ސްޓަޑީ ކޭމްޕެއް

ހދ. އަތޮޅު މަދަރުސާގައި އިކޮނޮމިކްސް އަދި އެކައުންޓިންގއަށް ޚާއްސަކޮށްގެން ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ގްރޭޑް 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ސްކޫލުގައި ކުރިއަށް ގެންދެވުނު ކޭމްޕެކެވެ.

މި ކޭމްޕްގައި އިކޮނޮމިކްސް މި މާއްދާގެ ސެޝަން ނަންގަވައިދެއްވީ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސް އާލިމްއެވެ.

އަދި އެކަނުންޓީންގ ސެޝަން ނަންގަވައިދެއްވީ ހަމަ އެ ސްކޫލުގެ ލީޑިންގ ޓީޗަރ އަހުމަދު އާމިރުއެވެ.

މިކޭމްޕްގައި ދަރިވަރުންނަށްވަނީ މި ދެ މާއްދާއާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ދީފައެވެ. މި ކޭމްޕްގައި ފިލާވަޅުގެ އިތުރުން ފިލާވަޅާއިގުޅޭ އިތުރު ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޝައުގުވެރި ހަރަކާތްތަކަކާއިއެކު ކުރިއަށް ގެންދެވުނު މިކޭމްޕަކީ ދަރިވަރުން ވަރަށް ޝައުގުވެރިވި އަދި އެދަރިވަރުންނަށް ގިނަ މުހިއްމު މައުލޫމާތުތަކެއް ލިބިގެން ދިޔަ ކޭމްޕެއްކަމަށް އެދަރިވަރުން ވަނީ ފާހަގަ ކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *