ހދ.ނޭކުރަންދޫ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފިއެވެ.
ހދ.ނޭކުރަންދޫ ސްކޫލުގެ ހަތަރު ކްލާސްރޫމުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހަތަރުމިލިއަނަށްވުރެ ގިނަ ރުފިޔާއަށް ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.
ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 140 ދުވަހުގެ ތެރޭގައެވެ.

ސްކޫލުތަކުގެ ޢުމްރާނީ ތަރައްޤީއަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދަނީ ޕީ.އެސް.އައީ.ޕީގެ ދަށުން 170އަށްވުރެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި 1171 ކްލާސްރޫމް އެޅުމުގެ މަސައްކަތާއި، 73 މަލްޓިޕާރޕަސް ސްކޫލް ހޯލް އެޅުމުގެ މަސައްކަތުގެ އިތުރުން 297 އެހެނިހެން ވަސީލަތްތައް އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ.
އެގޮތުން އެންމެ ފަހުން ނިންމައިފައިވާ މަޝްރޫޢުތަކަށް ބަލާއިރު، ބ.ފޭހެންދޫ އަދި ވ. ރަކީދޫ ސްކޫލުގައި ޤާއިމްކުރެވުނު ސެޓެލައިޓް ސްކޫލުތަކާއި، އެހެނިހެން ސްކޫލުތަކުގައި ޤާއިމުކުރެވެމުން އަންނަ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
advertisment
ހިޔާލު