ހިރިލަންދޫ ސްކޫލުގެ ޖޫނިއަރ ސްޕޯޓްސް މީޓް ފަށައިފިއެވެ.
ޖޫނިއަރ ސްޕޯޓްސް މީޓުގައި ވާދަކުރަނީ އެ ސްކޫލުގެ ތިން ހައުސްތައްކަމަށްވާ، ރަތް، ނޫ އަދި ފެއްސެވެ. މި ސްޕޯޓްސް މީޓުގައި ފިރިހެން ކުދިން ފުޓްސަލް ކުޅޭއިރު އަންހެން ކުދިން ކުޅެނީ ހޭންޑްބޯލެވެ.

ސްޕޯޓްސް މީޓުގެ ފުރަތަމަ ފުޓްސަލް މެޗުގައި ނޫ ހައުސް އަދި ފެހި ހައުސް ވާދަކޮށް، ނޫ ހައުސް ވަނީ 4-3އަކުން ފެހި ހައުސް ބަލިކޮށްފައެވެ. މި މީޓުގެ ފުރަތަމަ ހޭންޑްބޯލް މެޗްގައި ވާދަކޮށްފައިވަނީ ރަތް ހައުސް އަދި ނޫ ހައުސްއެވެ. މި މެޗުން ކުރި ހޯދައިފައިވަނީ ރަތް ހައުސްއެވެ.
އިއްޔެ، މި ސްޕޯޓްސް މީޓުގެ ދެވަނަ ފުޓްސަލް މެޗު ކުޅެފައިވާއިރު، މި މެޗުގައިވެސް ނޫ ހައުސް ވަނި 4-3 އަކުން ރަތް ހައުސް ބަލިކޮށްފައެވެ.

ހިރިލަންދޫ ސްކޫލުގެ ޖޫނިއަރ ސްޕޯޓްސް މީޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދީފައިވަނީ، ދިވެހިރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤެވެ. ހަމައެހެންމެ މި ރަސްމިއްޔާތުގައި ނެޝަނަލް ފުޓްސަލް ޓީމުގެ ކޯޗު އަޙްމަދު ނިއާޒް އަދި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްވެސް ވަނީ ބައިވެރިވެފައެވެ.

ހިރިލަންދޫ ސްކޫލުން ވަނީ، އެ ރަށު ކައުންސިލުގެ ފަރާތުން ކޮށްދެއްވި އެންމެހާ ކަންތައްތަކަށް ވަރަށް ބޮޑު ޝުކުރެއް އަދާކޮށްފައެވެ.
ޖޫނިއަރ ސްޕޯޓްސް މީޓުގައި 50 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ.
advertisment
ހިޔާލު