އެމްއެންޔޫ ފެސާއިން 'އިޝާރާތް' މުބާރާތް ބާއްވަނީ

އެމްއެންޔޫ ފެސާ ގެ ދަރިވަރުން؛- ފޮޓޯ ފެސާ

މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)އިން  އިންޓަރ ފެކަލްޓީ އިޝާރާތް މުބާރާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިޝާރާތް މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

މި މުބާރާތް ކުރިއަށް ދާނީ އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައެވެ. މިއި ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ މެދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. އެ ފަރާތުން އެދެނީ ބައިވެރިވާން ބޭނުންވާ ފެކަލްޓީތަކުން، ފެކަލްޓީގެ ނަމާއި ލީޑަރުގެ ނަން 9721981 އަދި 9536461 މި ނަންބަރަށް ވައިބަރ ކުރުމަށެވެ.

މާދަރީ ބަހުގެ ދުވަހަކީ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހެވެ. ކޮންމެ އަހަރަކުވެސް އެމްއެންޔޫއިން މިދުވަހާއި ދިމާކޮށް އެކި މުބާރާތްތަކާއި ހާއްސަ ކަންތައްތަކެއް އަންނަނީ ރާވައި ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *