އދ.އަތޮޅު މަދަރުސާގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އެ ސްކޫލުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ސެޝަނެކެވެ.
މި ސެޝަންއަކީ ކުރިއަރާފައިވާ 21 ވަނަ ގަރުނުގެ ކިޔަވައި ދިނުމުގެ އުކުޅުތަކާއި އަދި ދަރިވަރުންނަށް ކިޔަވައި ދެއްވާ މާއްދާތަށް ޝައުގުވެރިކުރުވާ ފަދަ މަޖާ ގޮތްތަކެއްގެ މަތިން ކުރިއަށް ގެންދެވޭނެ ގޮތްތަށް މުދައްރިސުންނަށް އަންގައިދިނުމަށްޓަކައި ކުރިއަށް ގެންދެވުނު ސެޝަނެކެވެ.
މި ސެޝަން ނަންގަވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ އަބަދުﷲ ރަޝީދެވެ. މި ސެޝަނަކީ މުސްތަގްބަލްގައި މުދައްރިސުން، ދަރިވަރުނަށް އުގަންނައިދިނުމުގެ މާހަލުގައި މަސައްކަތް ކުރަންޖެހޭނެ ގޮތްތަށް އެގިގެން ދިޔަ މުހިއްމު ސެޝަނެކެވެ. އަދި މި ސެޝަން ކުރިއަށް ގެންދެވުނީ، ޓީޗަރުންނާއި ޑރ އަބްދުﷲ ރަޝީދާއި ވަރަށް އިންޓަރެކްޓިވްކޮށެވެ.
advertisment
ހިޔާލު