ގދ.ތިނަދޫގައި "ކަސީދާ" ގެ ނަމުގައި ޕްރޮގްރާމެއް ފަށަނީ

ޒުވާން މުދިމުންނާއި އިމާމުން ތަމްރީންކުރުމަށް، ގދ. ތިނަދޫ ކައުންސިލުން "ކަސީދާ" ގެ ނަމުގައި ޙާއްސަ ޕްރޮގްރާމެއް ފަށަނީއެވެ.

މިއީ ތިނަދޫގެ މިސްކިތްތަކުގައި ވަގުތީ ގޮތުން އިމާމްވެ ނަމާދުކުރަން ބޭނުންވާ ވަގުތީ މުދިމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 27 ފެބްރުއަރީން ފެށިގެން 2 ހަފްތާގެ މުއްދަތަށެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ މި ދާއިރާއިން ތަޖުރިބާ ލިބިލައްވާފަ ތިއްބެވި ބޭފުޅުންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ  އުމުރުން 14 އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިންނަށެވެ.

މިއީ ތިނަދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި އެފަރާތްތަކުން އެދެނީ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިނަދޫ ކައުންސިލްގެ ޕޭޖުން ފޯމް ޑައުންލޯޑް ކުރުމަށްފަހު އެ ފޯމް ފުރުމަށްފަހު ހުށަހެޅުމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތުން 20 ފެބްރުއަރީގެ ކުރިން ފޯމް ލާން ޖެހޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *