ހއ އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސްއެސްސީ ދަރިވަރުންނަށް ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ. މި ސްޓަޑީ ކޭމްޕަކީ ބިޒްނަސް އަދި ކެމިސްޓްރީގެ މާއްދާއަށް ގެންދުވުނު ސްޓަޑީ ކޭމްޕެކެވެ. މިސްޓަޑީ ކޭމްޕް ކުރިއަށް ގެންދެވުނީ މިމަހުގެ 10ކުން ދެދުވަހުގެ މުއްދަތަކަށެވެ.

ބިޒްނަސް ސްޓަޑީޒްގެ މާއްދާއިން ދަރިވަރުންނަށް މުދައްރިސް އައިމިނަތު އަރޫޝާ މައުލޫމާތު ދީފައިވާއިރު، ކެމިސްޓްރީ މި މާއްދާގެ މައުލޫމާތު ދަރިވަރުންނާއި ހިއްސާކޮށްދެއްވީ މުދައްރިސް އުއްމު ސައުދާއެވެ. މި ކޭމްޕް ސްޕޮންސަރ ކޮށްދީފައިވަނީ ރީޓޯ ސޮލިއުޝަނުންނެވެ.

ސްކޫލުން ވަނީ މި ސެޝަން ނަންގަވައިދެއްވީ ދެ މުދައްރިސުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ވަކިން ހާއްސަކޮށް ލީޑިންގް ޓީޗަރ މުހައްމަދު ޝަރީފްއަށާއި، މާއްދަތަކުގެ މުދައްރިސުންނަށާއި އެޑްމިން ސްޓާފުންނަށް ވަނީ ޝުކުރު އަދާކުރުމުގެ އިތުރުން، ގްރޭޑް 10ގެ ބެލެނިވެރިން މި ކޭމްޕަށް ފޯރުކޮށްދިން އެހީތެރިކަމަށް ސްކޫލުން ވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
advertisment
ހިޔާލު