ކ. ގުޅިީ ސްކޫލުން އެސްއެސްސީ އިސްލާމް ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކޭމްޕަކީ 3 ދުވަހުގެ މުއްދަތަށް ހިންގި ކޭމްޕެކެވެ. މުޅި ޖުމްލަ 13 ގަޑިއިރުގެ މި ކޭމްޕްގައި ކިޔަވައި ދެއްވީ ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސް އަލީ ހަނޫން ހުސައިންއެވެ.

ގުޅިީ ސްކޫލުގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ބޭއްވި މި ކޭމްޕްގައި އެ ސްކޫލުގެ 37 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިކޭމްޕްގެ ތެރެއިން ފިލާވަޅުތަކުން މަސައްކަތް ކުރުމުގެ އިތުރުން ފިލާވަޅުތަކާއި ގުޅުން ހުރި ތަފާތު ކުޅިވަރުތަކާއި އެނޫންވެސް އިންޓަރެކްޓިވް އެތައް ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ދަރިވަރުން މި ކޭމްޕާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށާއި އަދި މިކޭމްޕަކީ ދަރިވަރުން ވަރަށް ޝައުގުވެރިވި އަދި އިސްލާމް މި މާއްދާއާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަ ކޭމްޕެއްކަމަށް އެކުދިން ވަނީ ބުނެފައެވެ. މި ކޭމްޕަށް ސްކޫލްގެ މެނޭޖްމަންޓާއި، ބެލެނެވެރިން އަދި ދަރިވަރުން ގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރލެއްވުމަށް އިސްލާމް މުދައްރިސް އަލީ ހަނޫން ހުސައިން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
advertisment
ހިޔާލު