ޖަލާލުއްދީން ސްކޫލްގެ 1ބީ ބެލެނިވެރިންގެ ފަރާތުން އެ ސްކޫލަށް އަގުހުރި ހަދިޔާއެއް!

ޖަލާލުއްދީން ސްކޫލަށް ފޮތް ހަދިޔާކުރުމުގެ ތެރެއިން:ފޮޓޯ/ ޖަލާލުއްދީން ސްކޫލް

ޖަލާލުއްދީން ސްކޫލްގެ 1ބީގެ ބެލެނިވެރިން އެ ސްކޫލް ލައިބްރަރީއަށް ގިނަ އަދަދެއްގެ ފޮތް ހަދިޔާކޮށްފިއެވެ. ހަދިޔާކޮށްފައިވަނީ 215 ފޮތެވެ. 6000 ރުފިޔާގެ މި ފޮތްތަކަކީ އެ ގްރޭޑްގެ ދަރިވަރުންގެ އުމުރުފުރާ އާއި ގުޅޭ ފޮތްތަަކެއްކަމަށް
އެ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވިއެވެ.

2020 ވަނަ އަހަރު މި ސްކޫލްގައިވަނީ ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަައިވާއިރު މި ޕްރޮގްރާމްގައި ބައެއް ބުކް ޝޮޕްތަކާއި، ބެލެނިވެރިން، ވިޔަފާރިވެރިން އަދި އަމިއްލަ ބައެއް ފަރާތްތަކުންވަނީ ގިނަ އަދަދެއްގެ ފޮތް ހަދިޔާކޮށްފައެވެ.
މިވަގުތު ލައިބްރަރީއަށް ދިމާވެފައިވާ ދަތިކަން ހިއްސާކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ، ކުޑަ ކުދިނަށް އެކުދިންނާއި ގުޅޭ އުމުރުފުރާގެ ފޮތް ލައިބްރަރީގައި ހުރި އަދަދު މަދުކަމަށެވެ. އަދި ކުޑަ ކުދިންނަކީ، ފޮތް ކިޔަން ފަށައިގަންނަ ކުދިންނަށް ވުމާއެކު ކިޔުމާއި ލިޔުން ކުރިއެރުމަށް އަދި ކިޔުމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ފޮތަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަމަށްވެސް ވިދާޅުވިއެވެ.
ފޮތް ކިޔުމުގެ މުހިއްމުކަން ހިއްސާކުރައްވަމުން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލު އަމިނަތު މުހައްމަދު ވިދާޅުވީ، ފޮތް ކިޔުމަކީ ބަހެއް ކުރިއަރުވަން ބޭނުންނަމަ ކުރުން މުހިއްމުކަމެއްކަމަށެވެ.

ޖަލާލުއްދީން ސްކޫލަކީ 680 ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެކެވެ. މި ސްކޫލްގެ 1ބީގެ ބެލެނިވެރިންގެ ފަރާތުން މި ލިބުނު އަގުހުރި ހަދިޔާއަށް މުޅި ސްކޫލްގެ ނަމުގައިވަނީ ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *