މިއަދު ޢިއްޒުއްދީން ސްކޫލުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވަމުން، އެޑިޔުކޭޝަން މިނިސްޓަރ. ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ، މިފަދަ ވަސީލާތްތަކުން ދަރިވަރުން ލިބިގަންނަ ފައިދާތަކަށް ވިސްނާލަން ޖެހޭކަމަށެވެ.
އެގޮތުން ދެ ފައިދާއެއް ވާކަމާއި، ފުރަތަމަ ފައިދާއަކީ، 21 ވަނަ ގަރުނުގައި ކާމީޔަބުކަމާއެކީ ދިރުއުޅުމަށް ބޭނުންވާ އައިސީޓީ ހުނަރުތައް މިފަދަ ޕްރޮގްރާމެއްގެ ޒަރިއްޔާއިން ލިބިގެންދާނެކަމެވެ. އަދި ދެވަނަ ފައިދާއެއްގެ ގޮތުން، ޝައުގުވެރި ފިލާވަޅުތަކަކާއެކީ، ދަރިވަރުންނަށް ފިލާވަޅު ފަހުމްވުމަށް ފަސޭހަވެގެންދާނެކަން މިނިސްޓަރ ފާހަގަކުރިއެވެ.
ހަމަމިއާއެކު، އެދެވޭ ގޮތަކަށް މި ވަސީލާތްތައް ބޭނުން ކުރުމަށާއި، ދަރިވަރުން ފިލާވަޅުތަކާ ގަޔާވާ ގަޔާވުން އިތުރުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، އެ ސްކޫލުގެ ޕްރިންސިޕަލް ނާދިރާ ހަސަން، ސްކޫލުގެ ގިނަ ކަންބޮޑުވުންތަކަށް ހައްލެއްލިބިގެންދިޔަކަން ވަނީ ފާހަގަކޮށްފައެވެ. އެންމެ ޓީވީ އަކުން ކިޔަވައިދޭން ޖެހުމުގެ ސަބަބުން ދިމާވި ގިނަ ގޮންޖެހުންތަކަކަށް ވަނީ އަލިއަޅުވާލައިފައެވެ.
ސްކޫލް ޑިޖިޓަލައިސް ކުރުމުގެ މި ރަސްމިއްޔާތުގައި، ޕްރިންސިޕަލް ވަނި ދަރިވަރުންނާ މުޙާތަބާކުރައްވަމުން، ދަރިވަރުންނަށް ކްލާސްރޫމުގައި ތިބެގެން، ޒަމާނީ ވަސީލާތްތަކުގެ އެހީގައި ކިޔެވޭނެ ގޮތްތައް ޤާއިމުކުރެވިގެންދާއިރު، އެ ތަކެތީގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ސްކޫލުގެ ފިލާވަޅުތަކުގައި ބޮޑަށް ބައިވެރިވެ އަމިއްލަ ޕްރެސެންޓޭޝަންތަކާއި ފިލާވަޅުތައް ނިންމުމަށް ޕްރިންސިޕަލް އިލްތިމާސްކުރެއްވިއެވެ.
advertisment
ހިޔާލު