ޢިއްޒުއްދީން ސްކޫލް ޑިޖިޓަލައިސް ކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފި

ޢިއްޒުއްދީން ސްކޫލް ޑިޖިޓަލައިސް ކުރުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ޕްރިންސިޕަލް ނާދިރާ ހަސަން ވާހަކަފުޅުދައްކަވަނީ// ދަރިވަރު އޮންލައިން ފޮޓޯ

ޢިއްޒުއްދީން ސްކޫލް ޑިޖިޓަލައިސް ކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްފިއެވެ.

މިއަދު ހެނދުނު އިއްޒުއްދީން ސްކޫލް ޑީޖިޓަލައިސް ކުރުމުގެ ރަސްމިއްާތު ޝަރަފުކޮއްދެއްވީ އެޑިޔުކޭޝަން މިނިސްޓަ ޑރ. ޢާއިޝަތު ޢަލީ އެވެ.

މި ރަސްމިއްޔާތުގައި، އެ ސްކޫލުގެ ޕްރިންސިޕަލް ނާދިރާ ހަސަން، ސްކޫލުގެ ގިނަ ކަންބޮޑުވުންތަކަށް ހައްލެއްލިބިގެންދިޔަކަން ވަނީ ފާހަގަކޮށްފައެވެ. އެންމެ ޓީވީ އަކުން ކިޔަވައިދޭން ޖެހުމުގެ ސަބަބުން ދިމާވި ގިނަ ގޮންޖެހުންތަކަކަށް ވަނީ އަލިއަޅުވާލައިފައެވެ. އޭވީ ރޫމުގައި ހުންނަ އެއް ޓީވީ، ސްކޫލުގެ ހުރިހާ ދަރިވަރުން ބޭނުން ކުރާއިރު، ބައެއްފަހަރަށް ބައެއް ގްރޭޑް ތަކުގެ ދަރިވަރުންނަށް ބޭނުންކުރެވިގެންނުދާކަމާއި، ތުއްތު ކުދިން ސަފުހަދައިގެން ބޫޓަށް އަރުވައިގެން ގެންދިޔުމުގެ ބުރަތަކާ އަދި އެކަމުގެ ސަބަބުން މުދައްރިސުންގެ ގަޑިތަކުން އެތައް ވަގުތެއް ގެއްލިގެން ދިޔަކަން ޕްރިންސިޕަލް ފާހަގަކުރިއެވެ.

އެހެންނަމަވެސް، މުޅި ސްކޫލް މިއަދު ޑިޖިޓަލައިސް ވުމާގުޅިގެން މި މާޔޫސްވުންތަކަށް ހައްލެއް ލިބިގެންދިޔަކަށާއި، މިކަމަމުގައި އެހީތެރިވި އެންމެހާ ބޭފުޅުންނަށް ޕްރިންސިޕަލް ޝުކުރުއަދާކުރިއެވެ.

ސްކޫލް ޑިޖިޓަލައިސް ކުރުމުގެ މި ރަސްމިއްޔާތުގައި، ޕްރިންސިޕަލް ވަނި ދަރިވަރުންނާ މުޙާތަބާކޮށްފައެވެ. ދަރިވަރުންނަށް ކްލާސްރޫމުގައި ތިބެގެން، ޒަމާނީ ވަސީލާތްތަކުގެ އެހީގައި ކިޔެވޭނެ ގޮތްތައް ޤާއިމުކުރެވިގެންދާއިރު، އެ ތަކެތީގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ސްކޫލުގެ ފިލާވަޅުތަކުގައި ބޮޑަށް ބައިވެރިވެ އަމިއްލަ ޕްރެސެންޓޭޝަންތަކާއި ފިލާވަޅުތައް ނިންމުމަށް ޕްރިންސިޕަލް އިލްތިމާސްކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *