ބަދުރު އިންވެސްޓްމެންޓްގެ ފަރާތުން، ރ.އަތޮޅު މަދަރުސާގެ ސްޕޯޓްސް ކުލަބްގެ ބެޑްމިންޓަން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، 20 ބެޑްމިންޓަން ރެކަޓާއި ހަ ޝަޓާ ލޮކް ހަދިޔާކޮށްފިއެވެ.
ހަމައެއާއެކު ބަދުރު އިންވެސްޓްމަންޓްގެ އެހީގައި ރ.އަތޮޅު މަދަރުސާގައި ގްރޭޑް ހަތެއް، އަށެއް އަދި ނުވައެއްގެ ދަރިވަރުންނަށް ބެޑްމިންޓަން ކޯޗިންގް ކޭމްޕެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިކޭމްޕްގައި ބެޑްމިންޓަންއަށް ޝައުގުވެރިވާ އެ ސްކޫލުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ބަދުރު އިންވެސްޓްމެންޓްގެ ފަރާތުން އެ ސްކޫލަށް އެކި ކަންކަމުގައި އަންނަނީ ގިނަ އެހީތަކެއް ވަމުންނެވެ. އެހެންކަމުން ބަދުރު އިންވެސްޓްމެންޓްގެ ފަރާތުން ސްކޫލަށް އެކި ގޮތްގޮތުން ވެދެއްވަމުންގެންދާ އެހީތެރިކަމަށް ސްކޫލުންވަނީ އެފަރާތަށް ޝުކުރު އަދާކޮށްފައެވެ.
advertisment
ހިޔާލު