ށ. ގޮއިދޫ ސްކޫލްގެ އެންވަޔަރަމަންޓް ކުލަބުން އެރަށު ފަޅުތެރެ ސާފުކޮށްފިއެވެ.
ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ނިޒާމް ވިދާޅުވީ ހުކުރު ދުވަހު، ފަޅުތެރޭގެ ޖެޓީ ސަރަޙައްދު ސާފުކުރީ އެ ސަރަހައްދުގައި ކުނިތައް އިތުރުވަމުން ދާތީއެވެ.
ނިޒާމް ވިދާޅުވީ އެ ސްކޫލްގެ އެންވަރަމަންޓް ކުލަބުގެ ވިހި ކުދިން އެ ހަރަކާތުގައި ބައިވެރިވިއިރު، ސްކޫލްގެ ސްޓާފުންވެސް ބައިވެރިވެފައިވާ ކަމަށެވެ.
" ކޮންމެ ސެމިސްޓާއެއްގައި ވެސް ދެ ދުވަހު ޚާއްޞަ ކުރަން ސާފްކުރުމުގެ ހަރަކާތްތަކެއް ގެންދަން. ފަޅުތެރެ ހަޑިވެފައި އޮތީމާ މިފަހަރު ފަޅުތެރެ ސާފުކުރަން ނިންމީ"
ނިޒާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަޅުތެރެއިން ނެގި ކުންޏަކީ އެރަށުގެ މީހުން އަޅާފައިވާ ތަކެއްޗެއް ނޫން ކަމަށާއި، އޮއިވަރު ހުންނަ ގޮތުން އޮޔާއެކު އަންނަ ކުނިބުނި ކަމަށެވެ. އޭގެތެރޭގައި ޕްލާސްޓިކްވެސް ހިމެނޭ ކަމަށް ނިޒާމް ފާހަގަކުރެއްވިއެވެ.
" ކުނީގެ ތެރޭގައި ގިނައީ ހުއިފަތް. އެ ހުރިހާއެއްޗެއްވެސް ނަގާ ސާފުކޮށްފައި ވަނީ"
ފައުންޑޭޝަނުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ، ގޮއިދޫ ސްކޫލްގައި 170 އާ ގާތްކުރާ އަދަދަކަށް ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު