އެމް.އެން.ޔޫ.އެސް.ޔޫގެ "ލީޑާރސް ނައިޓް 2022″ ނިންމާލައިފި

އެމް.އެން.ޔޫ.އެސް.ޔޫގެ "ލީޑާރސް ނައިޓް 2022" ގެ ތެރެއިން، ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް

ސަތޭކައަށްވުރެ ގިނަ އައު ލީޑަރުންނާއެކު، މިއަހަރުވެސް، ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ލީޑަރސް ނައިޓް ނިންމާލައިފިއެވެ. "ލީޑަރސް ނައިޓް 2022″ ބާއްވާފައިވަނީ މިދިޔަ ހުކުރުދުވަަހު ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޕީއީ ހޯލްގައެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ ލީޑަރސް ނައިޓަކީ، އަހަރުގެ ޙަރަކާތްތައް ފެށުމުގެ ގޮތުން ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ކުރިއަށްގެންދާ އިވެންޓެކެވެ. މި އިވެންޓު ޚާއްސަވެގެންދަނީ ލީޑަރސް ގްރޫޕާ އަލަށް ގުޅޭ ދަރިވަރުންނަށެވެ.

މި ހަރަކާތުގައި ލީޑާސް ގްރޫޕާ އަލަށް ގުޅުނު ދަރިވަރުންނަށް އެމް.އެން.ޔޫ.އެސް.ޔޫގެ 10 ވަނަ ދައުރުގެ ހިންގާ ކޮމެޓީ މެމްބަރުންގެ ތަޢާރަފެއް ވަނީ ދީފައެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރުންނާއި، ކުރީ ދައުރުތަކުގެ ބައެއް މެމްބަރުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

 

އެމް.އެން.ޔޫ.އެސް.ޔޫގެ "ލީޑާރސް ނައިޓް 2022″ ގެ ތެރެއިން، ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް

މި އިވެންޓްގަައި ދިރާގުގެ ފަރާތުން ލީޑަރުންނަށް ވަނީ ޙާއްސަ ޕެކޭޖްތަކެއްގެ މަޢުލޫމާތު ފޯރުކޮށްދީފައެވެ. ދިރާގުގެ ބްރޭންޑް އެމްބެސަޑަރ ޒޫނާ ނަސީމް ވަނީ، ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތުދީފައިވާއިރު އައު ލީޑަރުންނަށް ސްނޯކްލިންގ ދަތުރެއް ރާވައިދޭނެކަންވެސް މި އިވެންޓުގައި ހާމަކޮށްފައެވެ.

މި ހަރަކާތުގައި ސްޕޮންސަރުންގެ ފަރާތުން އިނާމުތަކެއް އައު ލީޑަރުންނަށް ވަނީ ދީފައެވެ. އެގޮތުން މިހަރަކާތުގައި، ޓީޖެޓީ، ރެޑްބުލް މޯލްޑިވްސް، ލެވެންޑާ، ދިރާގު، ޔޫރޯ މާކެޓިންގ، ސޮލައިޓް، ކެފެއާ އަދި ކޮއްތު ހަޓުން ވަނީ ތަފާތު އެކި އިނާމުތައް ހަދިޔާކޮށްފައެވެ.

 

ދިރާގު، މޫދު ބުޅާ އާއި ޕާލޭއިން "ލީޑާރސް ނައިޓް 2022″ ގައި ބައިވެރިވުން، ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް

މި އިވެންޓާ ގުޅޭ ގޮތުން ދަރިވަރު އޮންލައިންއަށް މަޢުލޫމާތު ދެއްވަމުން، ދަރިވަރުންގެ ޔޫނިއަންގެ ރައީސް ހުސައިން ޒައިދު ވަނީ ކޮންމެ ކުއްޖަކަށްވެސް ކުރިޔަށް ދާން ފުރުޞަތު ލިބިގެންދާނެކަަން ފާހަގަކުރަައްވާ ގިނަ ދުވަސްތަކަކަށްފަހު ތަފާތު މާހައުލަކުން ގިނަ ދަރިވަރުންނާ ބައްދަލުވުމުން އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.

" ޔުނިވަރސިޓީ ޙަޔާތުގައި ހަމައެކަނި ކިޔަވާފައި ގެޔަށް ދިޔުމުގެ ބަދަލުގައި، ލިބޭ ހުސް ވަގުތު ތަކުގައި އިވެންޓްތަކުގައި ބައިވެރިވެ އެއިން ތަޖްރިބާ ހޯދުން މުހިއްމު. އަދި ކިޔެވުމުގެ އިތުރުން، އިތުރު ޙަރަކާތްތައް ބެލެންސް ކުރުމަކީ ވަރަށް މުހިއްމު ކަމެއް."

ޒައިދު ވިދާޅުވިއެވެ.

 

"ލީޑާރސް ނައިޓް 2022″ ގެ ތެރެއިން، ދަރިވަރުންގެ ޔޫނިއަންގެ ރައީސް ހުސައިން ޒައިދު ވާހަކަދައްކަވަނީ، ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމް

ދަރިވަރުންގެ ޔޫނިއަންގެ ޙަރަކާތްތަށް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާނީ ލީޑަރުންކަމަށް ޔޫނިއަން އިން ފާހަގަކުރެއެވެ. އަދި ލީޑަރުންގެ ގްރޫޕްގެ ދަރިވަރުންނަށް ތަފާތު ތަމްރީން ޕްރޮގްރާމްތަކާ އެކި ކަހަލަ ޤައުމީ އަދި ބައިނަލްޢަޤްވާމީ ފުރުސަތުތަށްވެސް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *