ށ.ޅައިމަގު ސްކޫލްގައި "އާލިމް ސަރ ކޯޗިންގް ސެންޓަރ" ގެ ފަރާތުން ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަން ކުރިއަށް ގެންދެވުނީ ޅައިމަގު ސްކޫލުގައެވެ.

"އާލިމް ސަރ ކޯޗިންގް ސެންޓަރ" ގެ މުދައްރިސް އާލިމް އަކީ، ދ.ކުޑަހުވަދޫ ސްކޫލްގެ ޓީޗަރެކެވެ. މި ފަހަރު ޅައިމަގު ސްކޫލަށް އޮންލައިން ސެޝަން ކުރިއަށްގެންދެވުނީ ގްރޭޑް 8އަދި 9 ގެ ދަރިވަރުންނަށެވެ.
މި ސެންޓަރ ގެ ޕިޒިކަލް ކެމްޕަސް ގާއިމް ކުރެވިފައިވަނީ ދ.ކުޑަހުވަދޫގައެވެ. މި ސެންޓަރ އިން ޖީސީއީ އޯލެވެލްގައި އިކޮނޮމިކްސް ކިޔަވާ ދަރިވަރުންނަށް ވަރަށް ރަނގަޅު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް އާލިމް ވަނީ ވިދާޅުވެފައެވެ. އަދި މިއީ ދަރިވަރުން ވަރަށް ޝައުގުވެރިވި ކްލާސްތަކެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
ޖީސީއީ އޯލެވެލްއަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ސްކޫލްތަކުން އަންނަނީ ކައުންޓްޑައުންގެ ދުވަސްތައް ގުނަމުންނެވެ. އަދި ވަރަށް ވާދަވެރިކަމާއިއެކު އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން އޯލެވެލްއަށް ތައްޔާރުކޮށްދިނުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
advertisment
ހިޔާލު