އިންސްޓިޓިއުޓް އޮފް ހޮލީ ގުރުއާނުން 18 ފެބްރުއަރީ 2022 ގައި ރާގު ދަސްކޮށްދޭ ކުލާހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި ކުލާހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މިޝަރީ އަދި ހުސަރީގެ ރާގެވެ.

ކުލާސްތައް ކުރިއަށްދާނީ ހަފްތާ ބަންދުގައެވެ. އެއީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. މި ކްލާސްތަކުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރުން މަތީގެ ކުދިންނަށެވެ. ކުލާސްތައް ކުރިޔަށް ގެންދެވޭނީ އޮންލައިންކޮށެވެ. އެ އިންސްޓިޓުއުޓްގެ އެފްބީ ޕޭޖުން އިތުރު މައުލޫމާތު ލިބެން ހުންނާނެކަމަށް އެ އިންސްޓިޓިއުޓްއިން ވަނީ ބުނެފައެވެ.
އިތުރު މައުލޫމާތު އެ އިންސްޓިޓިއުޓުގެ ނަންބަރު 3016555އަދި 3016556 އިން ލިބޭނެއެވެ.
advertisment
ހިޔާލު