ރ.އަތޮޅު އެޑިޔުކޭޝަން ސެންޓަރ (ރ.އޭއީސީ) ގައި، ސައިންސް ފެއަރ 2022 ބާއްވައިފިއެވެ.
މި ސައިންސް ފެއަރ ބާއްވާފައިވަނީ، ސްކޫލް ހޯލުގައެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި މި ފައެރ އަށް، ދަރިވަރުން ތައްޔާރުވީ ހުސްވިހަފްތާގެ ބުދަ ދުވަހުއެވެ. ހުރިހާ ގްރޭޑް ތަކަކަށް، ފެއަރގައި ބައިވެރުވުމަށް ފުރުސަތު ވަނީހުޅުވާލައިފައެވެ.
ސައިންސް ފެއަރގައި ހަ ކެޓަގަރީގެ ތަކެތި ވަނީ ދައްކާލައިފައެވެ. އެއީ ޗާރޓް، ތްރީ އާރް މޮޑެލް، ފިލް މޮޑެލް، ވޯކިންގ މޮޑެލް، ޕްރޮޖެކްޓްސް އަދި ސިމްޕަލް އެކްސްޕެރިމެންޓްސް އެވެ.

ޗަރޓް ކެޓަގަރީއަކީ، ސައިންސް މާއްދާގެ ފިލާވަޅަކާ ގުޅުން ހުރި އެއްޗެއް، ޗާޓެއްގެ ނުވަތަ ވެބްގެ ޒަރިއްޔާއިން، އެ ފިލާވަޅު ދައްކުވާލުމެވެ. ތްރީ އާރް މޮޑެލް ކެޓަގަރީގައި ދައްކާލާނީ އުކާލާތަކެތި ބޭނުންކޮށްގެން ހަދާފައިވާ ތަކެއްވެޗެ.
ފިލް މޮޑެލް ކެޓަގަރީގައި ސައިންސް ކޮންސެޕްޓަށް އެއްޗެއް އިންނަ ގޮތް ދައްކާލަން ޖެހޭއިރު، ވޯކިންގ މޮޑެލް ކެޓަގަރީގައި، އެ އެއްޗެއް މަސައްކަތް ކުރާ ގޮތް ކިޔާލަދީ ދައްކާލަން ޖެހެއެވެ.

ޕްރޮޖެކްޓްސްގެ ބައިގައި، އެއްޗެއް ޓެސްޓް ކުރަން ހައިޕޮތެސިސްއެއް ނަގައި، އެއާ އެއްގޮތަށް މަސައްކަތްކުރޭތޯ ބެލުމަށްފަހު، އޭގައި ވާ ގޮތް ކިޔާލަދިނުމަށްޓަކައި، އެކްސްޕެރިމެންޓްވެސް ދައްކާލަން ޖެހެއެވެ. ސިމްޕަލް އެކްސްޕެރިމެންޓް ބައިގައި، ކުދި ކުދި، އެކްސްޕެރިމެންޓްސްތައް ހުރިތާހުރެގެން، އެވަގުތަކު ދައްކާލަން ޖެހެއެވެ.

ސައިންސް ފެއަރގައި ބަިއވެރިވެ ވަނަ ލިބުނު ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުންވެސް ހަވާލުކޮށްފައެވެ. ގާތްގަނޑަކަށް 195 ދަރިވަރުން ވަނީ މި ފެއަރގައި ބައިވެރިވެފައެވެ.
advertisment
ހިޔާލު