އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން އަމާނާ ޓަކަފުލްގެ ޓީމަކާއި ބައްދަލު ކުރައްވައިފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް ގެ ވައިސް ޗާންސެލަރ، ޑރ.އިބްރަހިމް ޒަކަރިއްޔާ މޫސާ އަމާނާ ޓަކަފުލްގެ ޓީމަކާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ އިސްލާމިކް ޔުނިވަރސިޓީގައެވެ.

އަމާނާ ޓަކަފުލްގެ ބޭފުޅުނާއި އެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ އިސްލާމިކް ޔުނިވަރސިޓީ

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އިސްލާމިކް ޔުނިވަރސިޓީގެ މުއައްޒަފުންނަށް އަމާނާ ޓަކަފުލްގެ އިންޝުއަރެންސް ދެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވައިސް ޗާންސެލާރއާއި އެކު އެ ޔުނިވަރސިޓީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އަމާނާ ޓަކަފުލްއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުޖްތަމައުގެ އެކިއެކި ފަރުދުނަނަށް އިންޝުއަރެންސްގެ ހިދުމަތަ ފޯރުކޮށްދެމުން އަންނަ އިންޝުއަރެންސް ކުންފުންޔެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *