މޭނާ ސްކޫލަށް، ބެލެނިވެރިން 2 ޓީވީ ހަދިޔާކޮށްފި

މޭނާ ސްކޫލް ޑިޖިޓަލް ކުރުމުގެ މަޝްރޫޢަށް އެ ސްކޫލްގެ ބެލެނިވެރިން ދެ ޓީވީ ހަދިޔާކޮށްފިއެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝަހީމް ވިދާޅުވީ، ގްރޭޑް ހަތެއް ގެ ބެލެނިވެރިން ޓީވީ ހަދިޔާކޮށްފައިވަނީ، ގްރޭޑް ހަތެއް އަދި ގްރޭޑް އަށެއްގެ ކްލާހަށްކަމަށެވެ. މީގެ އިތުރުން، މި މަސައްކަތް ނިމި ކުރިއަށް އޮތް ތިން މަސްދުވަސްތެރޭގައި ހުރިހާ ކްލާސްތަކެއް ޑިޖިޓަލް ކުރެވިގެންދާނެކަމަށްވެސް އެ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ހަމިއާއެކު، މި ވަގުތު މި މަސައްކަތަށް ބޭނުންވަނީ ފަސް ޓީވީކަން ފާހަގަކުރަމުން އިބްރާހިމް ޝިހާމް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ފަސް ޓީވީ ހަދިޔާކުރަން ނިންމާފައިވާކަމަށެވެ. މި މަސައްކަތުގައި ދިމާވެފައިވާ ދަތިތައް ހިއްސާކުރަމުން ޝިހާމް ވިދާޅުވީ މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއްވެފައިވާތީ ބައެއް ކްލާސްތަކުގެ ޓީވީތައްވަނީ ހަލާކުވެފައިވާކަމަށެވެ.

ޝިހާމް ވިދާޅުވި ގޮތުގައި، ކްލާސް ރޫމްތައް ޑިޖިޓަލް ކުރުމުން ދަރިވަރުންނަށް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމުގެ ފުރުސަތު ލިބޭނެއެވެ. ހަމައެހެންމެ ކުދިން ޝައުގުވެރިވާ ގޮތަށް މުދައްރިސުންނަށް ފިލާވަޅުތައް ކުރިއަށް ގެންދެވޭނެކަންވެސް ޝިހާމް ފާހަގަކުރެއްވިއެވެ." އަޅުގަނޑުމެން މި ހަރުކުރަނީ ފަހުގެ ސްމާޓް ޓީވީ. ލެޕްޓޮޕް ކަނެޓްކޮށްގެން ޕްރެޒެންޓޭޝަންވެސް ކްލާސްތެރޭ ކުރިއަށް ގެންދެވޭނެ" ޝިހާމް ވިދާޅުވިއެވެ.

މިހާރު 20 ކްލާސްވަނީ ޑިޖިޓަލް ކުރެވިފައެވެ.

480 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ މޭނާ ސްކޫލްގައި ފައުންޑޭޝަން އިން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދެއެވެ.
ސްކޫލުން އިސް ނަގައިގެން ކުރިއަށްގެންދާ މި މަޝްރޫގައި ބެލެނިވެރިންނާއި އަމިއްލަ ފަރާތްތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެސްކޫލުންވަނީ ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *