ތާއްޖުއްދީން ސްކޫލްގެ 33 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދަރިވަރުން ވަނީ ލުއިފޮތެއް ތައްޔާރުކޮށްފައެވެ.
މި ލުއި ފޮތް ތައްޔާރުކުރުމުގެ ކުރިން ކިލާސްތަކުގައި ވަނީ ފޮތުގައި ހިމެނިދާނެ މަޢުލޫމާތާއި ގުޅޭ ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން އެއް ދައްކާފައެވެ. ލުއި ފޮތުގައި ހިމެނިގެންދާނެ މަޢުލޫމާތު ތަކުގެ ތެރޭގައި ސްކޫލްގެ ތާރީޙް، ސްކޫލް މޮޓޯ، ސްކޫލް ވިޝަން އަދި މިޝަން ހިމެނެއެވެ.
މި ލުއި ފޮތް ހަދާ ނިމުމުން ފޮތްތަށް ދައްކާލުމަށްޓަކައި ކޮންމެ ކިލާހެއްގައި މި ފޮތްތައް އަތުރާލެވިގެންދާނެއެވެ. އަދި މި ފޮތްތަކުގެ ތެރެއިން އެންމެ ރަނގަޅު މަސައްކަތެއް ކޮށްފައިވާ ކުދިންވެސް ހޮވިގެންދާނެކަމަށް ސްކޫލުން މަޢުލޫމާތް ދެއެވެ.

ތާއްޖުއްދީން ސްކޫލްގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތަށް ވަނީ ރޭވިފައެވެ. އެގޮތުން މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ހައުސްގެ ދިދަތަކާއި އަދަބީ ޖަމިއްޔާގެ ދިދަތަށްވަނީ ޒަމާނީ ބަދަލުތަކާއެކު ފަރުމާކުރުމަށްފަހު ދައްކާލާފައެވެ. އަދި މި ދިދަތަކުގެ ތާރީޙީ މަޢުލޫމާތު އެކުލެވިގެންވާ އަތްމަތީފޮތެއްވެސް ވަނީ ނެރެދީފައެވެ.
advertisment
ހިޔާލު