ކެޔޮދޫ ސްކޫލުން އެސް.އެސް.ސީ އިސްލާމް ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކޭމްޕަކީ 2 ދުވަހުގެ މުއްދަތަށް ހިންގުނު ކޭމްޕެކެވެ. މުޅި ޖުމްލަ 14 ގަޑިއިރުގެ މި ކޭމްޕްގައި ކިޔަވައިދެއްވީ ޅ.ނައިފަރު މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސް، އަލީ ހަނޫން ހުސައިންއެވެ.
ކެޔޮދޫ ސްކޫލުގެ ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް ބޭއްވި މި ކޭމްޕުގައި އެ ސްކޫލުގެ 20 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

މި ކޭމްޕުގައި ފިލާވަޅުތަކުން ތަފާތު މަސައްކަތް ކުރުވުމުގެ އިތުރުން ފިލާވަޅުތަކާއި ގުޅުންހުރި ތަފާތު ކުޅިވަރުތަކާއި އެނޫންވެސް އިންޓަރެކްޓިވް އެތައް ހަރަކާތަތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކޭމްޕަކީ އެސް.އެސް.ސީ އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ވަރަށް މައުލޫމާތު ލިބުނު ކޭމްޕެއްކަން ދަރިވަރުން ފާހަގަކޮށްފައިވެއެވެ.
advertisment
ހިޔާލު