ޅައިމަގު ސްކޫލްގައި އަދަބީ ފޯވަހި 2022 ބާއްވައިފި

ށ ޅައިމަގު ސްކޫލްގައި އަދަބީ ފޯވަހި 2022 ބާއްވައިފިއެވެ.

މިއީ އެސްކޫލުގެ 3 ހައުސްކަމުގައިވާ ގޮއިދޭ ހައުސް، ސަރުދާރު ހައުސް އަދި ބީފާނު ހައުސްގެ މެދުގައި ކުރިއަށް ގެންދެވުނު އަދަބީ ފޯވައްސެކެވެ.

ދަރިވަރުން އަދަބީ ފޯވަހީގައި ހުށަހަޅައިދެނީ/ ފޮޓޯ ޅައިމަގު ސްކޫލް 

2 ދުވަހުގެ މުއްދަތަށް އެ ސްކޫލްގެ ތިން ހައުސްގެ މެދުގައި ކުރިއަށް ގެންދެވުނު އަދަބީ ފޯވަހީގައި އެ ސްކޫލްގެ ހުރިހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ގާތް ގަނޑަކަށް 188 ދަރިވަރުން މި ފޯވަހީގައި ވަނީ ބައިވެރިފައިވާއިރު ފޯވަހީގައި އަދަބިއޔާތުގެ ބައިތައް ކުރިއަށް ގެންދެވުނެވެ. އެ ގޮތުން ލިޔުންތެރިކަމުގެ ބައިގައި ވާހަކަ ލިޔުން މަޒުމޫނު، ސިޓީ، ރިކަރަންޓް އަދި ސިފަކުރުން ހިމެނެއެވެ. ވާހަކަ ދެއްކުމުގެ ދަރަޖަތައް އަދި ވާހަކަ ދެއްކުން ދެ ގޮތަކަށް ކުރިއަށް ގެންދެވުނެވެ. އެ ގޮތުން ދިވެހިން ފާހަގަ ކުރާ އެކިއެކި ދުވަސްތައް ފާހަގަ ކުރުމާއި އަދި ރާއްޖޭގެ އެކިއެކި އަދަބީ ޝަހްޝިއްޔަތުތައްވެސް ފާހަގަ ކުރުން ހިމެނެއެވެ. އަދި ކީ ސްޓޭޖް 1،2،3 ގެ ކުދިންނަށް ވަނީ ސްޓޭޖް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވާހަކަ ކިޔުން އަރަތް، ބަސް ކުޅުން އަދި ކިޔުން ހިމެނެއެވެ. ބަސް ބަހާއި، ރައިވަރު ލިއުން، ޅެން ކިއުން ކުރިއަށް ގެންގޮސްފައިވަނީ  ޕްރީ ސްކޫލް އަދި ކީ ސްޓޭޖްގެ ދަރިވަރުންނަށެވެ.

އަދަބީ ފޯވަހީގެ ތެރެއިން / ފޮޓޯ ޅައިމަގު ސްކޫލު

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެސްކޫލުގެ ލީޑިންގ ޓީޗަރު އަބްދުއްނާސިރު ވިދާޅުވި ގޮތުގައި މި ފޯވަހީގެ މައިގަނޑު މަގްސަދަކީ ކުދިން ހިތްތަކުގައި ދިވެހި ބަހަށް ލޯބި ޖެއްސުމާއި ދިވެހި އަދަބީ އުކުޅުތައް ދަސްކޮށްދީ އަދި ކުދިންގެ ކިބައިގައި ދިވެހިވަންތަ ސިފަތަކެއް އަށަގެންނެވުމާއި ދިވެހި ބަހަށް ޝައުގެވެރިކަން އުފެއްދުމެވެ. އިތުރަށް ނާސިރު ވިދާޅުވީ މިހާރު ކިޔަވައިދޭ ކަރިކިއުލަމްގެ ސަބަބުން ކުދިންގެ ހުނަރު ކުރިއާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *