ޔޫއެސް އެއިޑްގެ ހިލޭ އެހީގައި ގެމަނަފުށީ ސްކޫލުގެ ދަރިވަރުންނަށް، ކެއްކުމަށާއި ޕޭސްޓްރީ ކޯސް ހެދުމަށް އަދި ފަހަން ދަސްކުރުމަށް ބޭނުންވާ ބައެއް ތަކެތި ސްކޫލާއި ހަވާލުކޮށްފިއެވެ.
ގެމަނަފުށީ ސްކޫލުގެ ބީޓެކް ކްލާހުގެ ދަރިވަރުންނަށް ހަދިޔާ ކުރި ތަކެއްޗާ ހަވާލުވީ އެ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ސައްދާމްއެވެ. މި ތަކެތި ހަވާލުކޮށްފައިވަނީ ދިވެހި މަސްވެރިންގެ ޖަމިއްޔާއިންނެވެ.
އެ ސްކޫލުން ވަނީ، ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ގެމަނަފުށީ ސްކޫލަށް ވެދޭ އެހީއަށް ޝުކުރު އަދާކޮށްފައެވެ.
އެ ސްކޫލުގެ ބީޓެކް ދަރިވަރުންނަށް ހަދިޔާ ކޮށްފައިވާ މި ތަކެތީގެ ތެރޭގައި، ފަހާފޮށި، ފްރިޖް، މިކްސަރ، އަވަން، ކޮފީ މިކްސަރ ފަދަ ތަކެތި ހިމެނެއެވެ.
ގެމަނަފުށީ ސްކޫލުގައި ބީޓެކް ހަދާ 11 ދަރިވަރުން ތިބެއެވެ.
advertisment
ހިޔާލު