އެޑިއުކޭޝަންް މިނިސްޓަރ ހިރާ ސްކޫލުގެ ދަރިވަރުންނާއި ބައްދަލުކުރައްވައިފި

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ހިރާ ސްކޫލުގެ ދަރިވަރުންނާއި ބައްދަލު ކުރައްވައިފިއެެވެ. ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި، ޒައިދް ސަސްްޓެއިނަބިލިޓީ ޕްރައިޒް ހާސިލް ކުރިކަމަށްޓަކައި އެ ސްކޫލަށްވަނީ މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި އެ ސްކޫލުންވަނީ ޒައިދް ސަސްޓެެއިނަބިލިޓީ ޕްރައިޒްއަށް، އެ ސްކޫލުން ހުށައެޅި، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ގޮތަކަށް ވާރޭފެން ސާފުކުރާނެެ ގޮތުގެ ޕްރޮޖެކްޓާއި ބެހޭގޮތުން މިނިސްޓަރަށް މައުލޫމާތު ދީފައެވެ.

ހިރާ ސްކޫލްވަނީ މި މުބާރާތުން، "ސައުތް އޭޝިއާ ގްލޯބަލް ހައި ސްކޫލް" ކެޓަގަރީން ޒައިދް ސަސްޓެެއިނަބިލިޓީ އެވޯޑް ކާމިޔާބް ކޮށްފައެވެ. އެއީ ނޭޕާލް ސްކޫލަކާއި އިންޑިޔާގެ ސްކޫލަކާއި ވާދަކޮށްގެންނެވެ. ޖެނުއަރީ 17ގައި ދުބާއީގައި ބޭއްވި ރަސްމިއްޔާތުގައި ޕްރައިޒް އިއުލާންކުރިއިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ހިރާ ސްކޫލުގެ ދަރިވަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
މި އެވޯޑަކީ 2008 ވަނަ އަހަރު ދޭން ފަށާފައިވާ އެވޯޑެކެވެ. ހިރާ ސްކޫލަށް މި އެވޯޑް ހާސިލްވުމާއެކު ގިނަ މުވައްސަސާތަކަކުންވަނީ އެ ސްކޫލުންކުރި ބުރަ މަސައްކަތް ފާހަގަކޮށް މަރުހަބާ ކިޔާފައެވެ. އެ ސްކޫލުން ބުނި ގޮތުގައި މި އެވޯޑް ހާސިލްވުމަކީ، އިތުރުު ސައިންޓިފިކް އުފެއްދުންތަކާއި ހިޔާލުތައް ކުރިއެރުމަށް ލިބުނު ހިތްވަރެއްކަމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *